ads
އަނުޝްކާ ޝަރްމާ--
ޕަޕަރާޒީންނަށް ނުފެނުމަށް އަނުޝްކާ ހޮސްޕިޓަލުން ނިކުންނާނީ ދަންވަރު!
މިމަހުގެ 11 ވަނަ ދުވަހު ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރްމާއަށް އަލަތު ދަރިއަކު ލިބުނުއިރު އަދިވެސް އަނުޝްކާ ހޮސްޕިޓަލުން ދޫކޮށްނުލަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުން ދޫކުރާނީ މިހަފްތާގެ ތެރޭގަ އެވެ.

އަނުޝްކާ ބާއްވާފައި އޮތް ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވަނީ ދަރިފުޅުގެ ފޮޓޯއެއް ލީކްވިޔަ ނުދިނުމަށެވެ. އަދި މި ހަފްތާގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާއިރު އޭނާ އެތަނުން ނިކުންނާނީ ދަންވަރު ކަމަށް ބުނެ އެވެ. އެއީ ޕަޕަރާޒީންގެ އުނދަގޫ ކުރިމަތިވެދާނެތީ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ ހޮސްޕިޓަލުން ނިކުމެގެންދާނީ އެހެން ކާރެއްގަ އެވެ. އެއީ ހުރިހާ ކަމެއް ވެސް އަމާންކަމާއެކު ކުރިޔަށް ގެންދިއުމަށެވެ. 

މިފަދަ އަޑުތަކެއް ފެތުރިގެންދިޔައިރު އިއްޔެ ވިރާޓް އާއި އަނުޝްކާގެ ފަރާތުން ޕަޕާޒީންނަށް ވަނީ ހަދިޔާއަކާއެކު ނޯޓެއް ފޮނުވާފަ އެވެ. އޭގައި ވަނީ ދަރިފުޅުގެ ޕްރައިވަސީ ރައްކާތެރިކުރުމުގެ ގޮތުން ފޮޓޯ ނުނެގުމަށް އެދިފަ އެވެ. 

2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެ ކައިވެނި ބޭއްވީ ވެސް ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފަހެވެ. އެގޮތުން އެމީހުން އެކަން އިއުލާންކުރުމުގެ ކުރިން ފޮޓޯއެއް ލީކްވެދާނެތީ އެތަނަށް ފޯނު ވެއްދުން ވެސް މަނާކުރި އެވެ.  

42%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް