ރައީސް އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އެމަގާމަށް ސަފިއްޔާ މުހައްމަދު އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ސަފިއްޔާ، އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ސަފިއްޔާ ވަނީ ޔޫކޭގެ ޔުނިވާސިޓީ އޮފް ބްރިންގްހަމް އިން މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ހާސިލް ކުރައްވާފަ އެވެ. އަދި ޔޫކޭގެ ކާޑިފް ޔުނިވާސިޓީން ބިޒްނަސް ސްޓަޑީސް އާއި ޖަޕަނީޒް ސްޓަޑީސް އިން ބެޗެލާސް ޑިގްރީ ވެސް ހާސިލްކުރައްވާފައިވެ އެވެ.