ads
ޕޮޓޯ:--ސީޕީ ހަމީދް
ށ. އަތޮޅުގެ ބައެއް ރަށްތަކަށް ސީޕީ ހަމީދު ޒިޔާރަތް ކުރައްވައިފި
ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ފުލުހުންގެ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ފުލުހުންނާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކުރައްވައިފި އެވެ.

ސީޕީ ދަތުރުގައި ހަ ރަށަކަށް ޒިޔާރާތްކުރައްވާފައިވެ އެވެ. އެއީ ށ. އަތޮޅު ފުނަދޫ، މިލަންދޫ، ފީވައް، ފޯކައިދޫ، ކަނޑިތީމު އަދި ކޮމަންޑޫއަށް ވަޑައިގެންފައިވެ އެވެ. އެ ރަށްރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކަށް ވަޑައިގެން އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުލުސް އޮފިސަރުންނާ ސީޕީ ބައްދަލުކުރެއްވި އެވެ.

ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަށްރަށުގައި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ގޮތުން އެ ރަށްރަށުގެ ކައުންސިލަރުންނާއި މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެ އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަ ހަމަޖެހިވަޑައިގެންނެވި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

your imageޕޮޓޯ:--ސީޕީ ހަމީދް

އޭގެ އިތުރުން ސީޕީ ވިދާޅުވީ ށ. އަތޮޅުގައި ފުލުހުންނާއި އާބާދީގެ މެދުގައި އޮތް ގުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައިވާ ގޮތުގެ މަތިން އަތޮޅުގައި ފުލުހުންގެ އާ ހިދުމަތްތައް ގާއިމުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް