ads
މާލޭ އެކުވެނި ޓްރެކް
މާލޭގެ ދުވާ ޓެރެކް ހުޅުވަނީ
މާލޭގެ ދުވާ ޓެރެކް މިމަހުގެ 17 ވަނަ އާމުންނަށް ހުޅުވާލާނެ ކަމަށް ޔޫޓް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިނީ މާލޭގެ ދުވާ ޓްރެކް އާންމުންނަށް މިމަހު 17 ވަނަ ދުވަހު ހުޅުވިގެންދާނެ ކަމަށެވެ.

އެގޮތުން ޓްރެކް ހުޅުވާފައި ހުންނާނީ ފަތިހު 05:00 ކުން ހެނދު 08:00 ކަށް އަދި އިރުއޮއްސި 18:00 ކުން މެންދަމު 00:00 އައް ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

އަދި ދުވަންދާއިރު ދުވާ ބޫޓަށް އެރުމަށްވެސް މަހްލޫންވަނީ އިލްތިމާލް ކޮއްފައެވެ. އަދި ފުޓްބޯޅަ ކުޅޭ ބޫޓް ނުވަތަ ޓްރެއިނިންގް ޝޫޒްގައި ދުވާ ޓެރެކްއަށް ނުދިޔުމަށްވެސް ވަނީ އަންގާފައެވެ.

އަދި ދުވާ ޓެރެކްގައި ބަރުއުފުލުން ނުވަތަ ޓަޔާސް ބޭބުން ކުރުން މަނާ ކަމަށާއި ކާއެއްޗެހި ގެންދުޔުންވެސް މަނާކަމަށް މަހްލޫފްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދުވަން ހާއްސަ ކޮއްފައިވާ ތަނުގައި ދުވުމަށާއި ކްރިކެޑް ދަނޑުން 35 ޔާޑްގެ ދުރުމިނުގައި ނުދުވުމަށް ވެސް މަހްލޫފްވަނީ އަންގާފައެވެ.

ބައިނަލްއަގްވާމީ ފެންވަރަށް މާލޭގެ ދުވާ ޓްރެކް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައި ވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

މަހްލޫފް ވިދާޅުވީ އެކުވެނި އައުޓްޑޯ ޓްރެކްގެ ސަބް ބޭސް ނިމުމުން އެ ތަނުގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކް އަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

މިހާރު އެތަން ތަރައްގީކޮށް ނިމި މިމަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް