ads
ނިދަނީ
ނިދަން އޮންނަ ގޮތަކުން ވެސް ވަރި ފަށައް އަރާފާނެ!
ކައިވެނީގެ ގުޅުމަކީ ވަރަށް ވެސް ނާޒުކު ގުޅުމެކެވެ. ކުރެވޭ ކުޑަކަމަކުން ވެސް އުފާވެރި ހަޔާތް ބަނަވެދާނެއެވެ. ލޯބިން ބަދެވުނު ގޮތް މޮހިގެން ގޮސްދާނެއެވެ.

ކައިވެނީގެ ގުޅުން ވީރާނަވަމުންދާކަމުގެ އެންމެ ބޮޑު ހެއްކަކީ ދެމީހުން ނިދާއިރުގައި ވަކިން ދެ އެނދުގައި ނުދުމެވެ. ނަމަވެސް ބައެއްފަހަރު ދެމީހުން އެއް އެނދުގައި ބައްދައިގެން ނިދާކަމުގައި ވީނަމަވެސް ބައެއްފަހަރު ކައިވެނި ރޫޅިގެން ގޮސްފާނެއެވެ.

ޔޫކޭގައި ހެދި ސާވޭއަކުން ދައްކާ ގޮތުގައި އަބި މީހާ ނިދާގަޑީގައި ފިރިމީހާގެ ގައިގައި ބައްދައިގެން ނިދާނަމަ އެ ދެމީހުންގެ ކައިވެނީގެ ގުޅުން ވަރިއަކުން ނިމުމުގެ 90 އިއްސަތަ އޮވެއެވެ.

ޔޫކޭގެ މި ހޯދުމުގެ އަލީގައި ދަ ޑޯޒީ އޯވަލްއިން 4987 ވަރިވެފައިވާ އަންހެނުންނާ 4786 ވަރިވެފައިވާ ފިރިހެނުން ޝާމިލް ކޮއްގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި 86 އިންސައްތަ މީހުން ވަރިވިއިރު ދެމަފިރިން ނިދާއިރުގައި އަންހެން މީހާ ގިނައިން ނިދަނީ ފިރިހެން މީހާގެ ގައިގައި ބައްދައިގެންނެވެ.

your imageދެމަފިރިން ނިދަނީ

މިގޮތަށް ނިދުމުން ވަރިއައް މަގުފަހިވަނީ ކީއްވެހެއްޔެވެ؟. މަޝްހޫރު ލިޔުންތެރިޔާ ޝާރޮން ގިލްޗާރްސް ބުނި ގޮތުގައި އެގޮތަށް އަންހެނުން ނިދަނީ އެއީ ކައިވެނީގައި މައްސަލަތަށް ގިނައިން ޖެހި ހިތްދަތިކަން އިހްސާސް ކުރެވޭތީއެވެ. އަދި އެ ކައިވެނި ދެމެހެއްޓުމަށް މަސައްކަތް ކުރަން އެމީހުން ބޭނުންވާތީ ކަމަށް ވެސް އޭނާ ބުނިއެވެ.

ދެމަފިރިން ނިދާ ގަޑީގައި ބައެއްފަހަރު ލޯއްބާއި އަޅާލުން ބޭނުންވާވަރަށް ނުލިބޭ ނަމަ ވެސް އަންހެނުން އެހެން ނިދައެވެ. އެގޮތަށް އަބިމީހާ ނިދާކަން ފާހަގަ ވާނަމަ އަވަހަށް ކަންކަން ހައްލުކުރުމަށް މަސައްކަތް ފަށާށެވެ. އެހެން ނޫނީ ގިނަ ދުވަސްތަކެއް ނުވެ ކައިވެނީގެ ފޮނި ގުޅުމުގައި ވަރީގެ ހިތި ރަހަލައިފައިވާނެއެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް