ads
ކިނިޅަހު ނުދަމާގެ ޕައިޕް ނެޓްވާކިން މަސައްކަތް ފަށަނީ:-
ކިނޮޅަހު ނަރުދަމާގެ ޕައިޕް ނެޓްވޯކިން މަަސައްކަތް ފަށައިފި
ކިނޮޅަހު ނަރުދަމާގެ ޕައިޕް ނެޓްވޯކިން މަސައްކަތް ފަށައިފިއެވެ.

ކިނޮޅަހު ފެނާ ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އިންނެވެ. 

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްދާ މި މަސައްކަތުގެ ދިރާސާއާއި އީއައިއޭގެ މަސައްކަތް ނިންމައި މިހާރު މިވަނީ ހޮޅި ވަޅުލުމުގެ ވިއުގައިގެ މަސައްކަތް ފަށާފައެވެ.

 "ޕައިޕް ނެޓްވޯކިން"ގެ މަސައްކަތް ފެށުމަށް ރ.ކިނޮޅަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުޙައްމަދުއާއި، އެމްޑަބިއުއެސްސީގެ ޗެއަރމަން އަޙުމަދު މަޢުސޫމް އަދި މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހުއެވެ.

މި ރަސްމިއްޔާތުގައި ކައުންސިލާ ރަށުގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.

 މި ޕްރޮޖެކްޓްގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅާނެކަމަށެވެ. އަދި 7.3 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރާނެކަމަށެވެ. މުޅި ޕްރޮޖެކްޓުގެ %9 މަސައްކަތް މިހާރުވަނީ ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް