ads
ކައްދޫ އެއާޕޯޓް ރެސްޓޯރަންޓް----
ކައްދޫ އެއާޕޯޓް ރެސްޓޯރަންޓް ކުއްޔަށް ދެނީ
ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގައި ހުންނަ ރެސްޓޯރަންޓް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެެވެ.
Advertisement

އެއާޕޯޓުން ނެރެފައިވާ އިއުލާނެއްގައި ބުނީ މިއަހަރުގެ އޭޕްރީލް އެކަކުން ފެށިގެން މީލާދީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކައްދޫ އެއާޕޯޓް ރެސްޓޯރަންޓް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. 

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ ހޯމަ ދުވަހުގެ 13:30 ގައި އެކަމަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ. އެ ކުންފުނިން ބުނީ އަންދާސީ ހިސާބު ހުށަހަޅާނީ މާލެއިން ނަމަ އެކުންފުނީގެ ހެޑް އޮފީހަށް ނުވަތަ ކައްދޫއިން ނަމަ ކައްދޫ އެއާޕޯޓް އޮފީހަށް ކަމަށެވެ. އަދި އެކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރަސްމީ ގަޑީގައި 7411067 ނަންބަރު ފޯނާއި ގުޅާގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން އެކުންފުނީގެ މެއިލްއަށް މެއިލް ކުރުމުންވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ބުނެއެވެ. 

ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ސަރުކާރުުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައިވަނީ މި ނިމުނު އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ކައުންސިލްތަކުގެ އިންތިހާބުގައި ލ. އަތޮޅަށް އެމްޑީޕީން ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެ އަތޮޅު ގަމުގައި މިދިޔައަހަރު ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވި ކެމްޕޭން ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅަކީ މި ސަރުކާރުގެ ތަރައްގީގެ ތަސައްވުރުގައި އެންމެ މުހިއްމު އަހަމިއްޔަތު ކަމެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީ ކުރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ އެ އަތޮޅުގެ ކައްދޫގައި އޮންނަ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ބައިނަލް އަގްވާމީ ފެންވަރަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 2020 ވަނަ އަހަރު ފަށަން އަމާޒު ކޮށްފައިވާ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް