މިރޭ މައުމޫނު އައްސަވާފައިވަނީ "ހައު ކޭން އައި ކޮންޓްރިބިއުޓް؟" (އަޅުގަނޑަށް އެހީވެވޭނީ ކިހިނެއްތް؟) މިހެންނެވެ.
ރައީސް މައުމޫނު މި ސުލާވު ކުރެއްވި މަގު ސަދު ސާފު ނުވި ނަމަވެސް، ބައެއް މީހުންއަންނަނީ ރައީސް މައުމޫނުގެ އަރިހުން އެހީއަށް ވެސް އެދެމުންނެވެ.
އަނެއްބަޔަކު ބުނަނީ ރައީސް މައުމޫނަށް އެހީތެރިވެވެން އޮތް ގޮތަކީ ރައްޔިތުންގެ ކުރިމަތީގައި މައާފަށް އެދުން ކަމަށެވެ.
ރައީސް މައުމޫނު އަރިހުން ބައެއް ފޮތްތައް ލިޔުމަށްވެސް ބަޔަކު އަންނަނީ އެދެމުންނެވެ.
"މަނިކުފާނު ނެތްދުވަހަކުންވެސް ދިވެހިރައްޔިތުންނައް ދީނުގެ ރަގަޅު އަޤީދާ ގައި ހިފަހައްޓައިގެން ތިބެވޭނެފަދަ ރަގަޅު މައުލޫމާތު ހުރި ފޮތެއް ނުވަތަ ފޮތްތަކެއް ލިޔުއްވާ އާއްމު ކޮއްދެއްވަވާ،" މީހަކު ރައީސް މައުމޫނުގެ އަރިހުގައި އެދިފައިވެއެވެ.
އެއްބަޔަކު ދީނީ ފޮތް ލިޔުމަށް އެދޭއިރު، އަނެއް ބަޔަކު އެދެނީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ ހަގީގަތް ހާމަކޮށްދިނުމަށެވެ.
"މަނިއްޕުޅު އަރިހުން އިހުތިރާމާއި ލޮތްބާއި އެކު މިއެދެނީ އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ނޮވެންބަރު 3 ގެ އަސްލު ހަގީގީ ވާހަކަ ފޮތެއްގެ ސިފައިގައި ނެރެދެއްވުމަށް،" މީހަކު ރައީސް މައުމޫނުގެ އަރިހުން އެދިފައިވެއެެވެ.
އަނެއްބަޔަކު އެދެނީ އެމަނިކުފާނުގެ ފަރާތުން ފައިސާގެ އެހީއަކަށެވެ. އަދި ބައެއް މީހުން ގެންދަނީ އެމީހުންގެ އެކައުންޓު ނަންބަރު ވެސް ރައީސް މައުމޫނަށް ފޮނުވަމުންނެވެ.