މިހާތަނަށް ދީޕިކާގެ ހަ ފިލްމެއް އިއުލާނު ކޮށްފައިވާއިރު އޭގެ ތެރެއިން މިއަހަރު ނިމޭނެ ކަމަށް ބެލެވެނީ އެންމެ ދެ ފިލްމެވެ.
ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ޝަކުން ބަޓްރާގެ ފިލްމަކުން ސިދާތް ޗަތުރްވޭދީ އަދި އަނަންޔާ ޕާންޑޭ އާ އެކު ފެނިގެންދާނެ އެވެ. އަދި "ޕަތަން" އިން ޝާހްރުކް ހާން އާއި އެކު ފެނިގެންދާއިރު ނާގް އަޝްވިންގެ ޕޭން އިންޑިއާ މަލްޓިލިންގުއަލް ފިލްމަކުން ޕްރަބާސް އާ އެކު ފެނިގެންދާނެ އެވެ.
އޭގެ އިތުރުން 250 ކްރޯޑްގެ ބޮޑު ބަޖެޓެއްގައި އުފައްދާ ފިލްމެއް ކަމުގައިވާ "ފައިޓާ" އިން އެކްޓަރު ރިތިކް ރޯޝަން އާ އެކު ފެނިގެންދާނެ ކަމަށް އިއުލާނު ކުރީ މި ހަފްތާގަ އެވެ.
އޭގެ އިތުރުން ކަބީރް ހާންގެ "83" އިން ވެސް ދީޕިކާ ފެންނާނެ އެވެ. އެ ފިލްމުގައި އޭނާ އާއެކު ފިރިމީހާ ރަންވީރް ސިންގް ވެސް އުޅެ އެވެ.