ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ) ގައި
ގާސިމް މަރާލި މައްސަަލައިގެ އަޑުއެހުން ކެންސަލްކޮށްފި
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުވާ ލިބޭ، ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ ވަކީލު އެކަމަށް ކޯޓުގައި އެދުމުން ކަމަށެވެ.

އެގޮތުން އަދުހަމްގެ ވަކީލު މިފަދައިން އެދިފައިވަނީ ވަކީލާއި ބައްދަލު ކުރުމަށް ކުރިން ފުރުސަތެއް ނުލިބި، މިއަދަށް ބައްދަލުވުން ހަމަޖެހުމުން ކަމަށް އަމާން ވިދާޅުވިއެވެ. އަދި މިއަދު ކެންސަލް ކުރި އަޑުއެހުން މިހާރު ތާވަލް ކޮށްފައިވަނީ 21 ޖެނުއަރީވާ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް ކަމަށް އަމާން ވިދާޅުވިއެވެ.

އަދުހަމަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާ އެވެ. މި މައްސަލައިގައި މީގެ ކުރިން އަދުހަމް ވަނީ މައްސަލައިގެ އަޑު އެހުމުގައި ކުށަށް އިއުތިރާފްވެފަ އެވެ. އަދި ދައުލަތުގެ ވަކީލަކު ހިޔާރު ކުރުމަށް އޭނާ ފުރަތަމަ އަޑުއެހުމުގައި ނިންމި ނިންމުން ބަދަލުކޮށް، އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށް އޭނާ ވަނީ ޝަރީއަތުގައި އެދިފައެވެ.

ކްރިމިނަލް ކޯޓުން އެ ފުރުސަތު ދިންތާ އަށް މަސް ފަހުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ބުނެފައި ވަނީ ވަކީލަކު ހޯދަން ކަރެކްޝަނަލް ސާވިސްއިން އެއްބާރުލުން ނުލިބޭ ކަމަށެވެ. 

ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް