ads
ވަލެއްގައި ތާށިވެ، އެންމަޑިއެއް މަރުވެފައި-- ފޮޓޯ: މަންޓާ ރޭ ޓްރަސްޓް
އެންމަޑި މަރުވުން އިތުރުވާތީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި
ކަނޑު އުޅަނދުތަކުން މޫދާއި ކަނޑު އަޑީގައި އަޅާ ވާތަކުގައި ތާށިވެ އެންމަޑި މަރުވުން އިތުރުވެފައި ވާތީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައި ވަނީ ޖޫން 16، 2014 ގައެވެ. 

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުތަކުން އަޅާ ވަލުގައި ތާށިވެ، މަޑީގެ ބާވަތެއް ކަމަށްވާ އެންމަޑި މަރުވުން އިތުރުވެފައިވާ ކަމަށެވެ. 

"ވީމާ އުޅަނދުފަހަރު އެޅުމަށްޓަކައި މޫދާއި ކަނޑުގައި އަޅާފައިވާ ވާތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް މިފަދަ "މޫރިންގް ސިސްޓަމްތައް" ފަރުމާކޮށް އެޅުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

އީޕީއޭއިން އިތުރަށް ބުނީ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން މުހިއްމު ދިރުންތަކެއް ކަމަށެވެ. 

your imageވަލެއްގައި ތާށިވެ، އެންމަޑިއެއް މަރުވެފައި-- ފޮޓޯ: މަންޓާ ރޭ ޓްރަސްޓް

ރާއްޖެއިން ފެންނަ އެންމަޑީގެ ދެ ބާވަތް ވެސް ވަނީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑްލިސްޓުގައި ހިމަނާފަ އެވެ.

ރެޑްލިސްޓުގައި "ވަލްނަރަބަލް" ދިރުމެއްގެ ގޮތުގައި އެންމަޑި ހިމަނާފައި ވަނީ އެ ތަކެތި ދުނިޔެއިން ނެތިދޔުމުގެ ބިރު ބޮޑުވެފައި ވާތީ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް