ހަބަރު /
އެމްއައިބީން ހިއްސާ ގަތް ފަރާތްތަކަށް ހިއްސާ ޖަމާކޮށްދީފި
14 ނޮވެންބަރ 2019 - 08:58:56
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހިއްސާ ގަތް މީހުންގެ އެކައުންޓުތަކަށް ހިއްސާ ޖަމާކޮށްދީފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަތް މީހުންގެ އެކައުންޓުތަކަށް ހިއްސާ ޖަމާކޮށްދީފި އެވެ.
އެމްއައިބީން ނެރެފައިވާ ބަޔާނެއްގައި ބުނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީސް (އެމްއެސްޑީ)ގައި އިންވެސްޓަރުން ހުޅުވާފައިވާ އެކައުންޓަށް ހިއްސާ ޖަމާކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
ފައިސާ ޖަމާ ނުވެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ އެކަން އެންގުމުން އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމްއައިބީން ބުނީ ހިއްސާ ވިއްކުމަށް އެމްއައިބީން ހުޅުވާލި މުއްދަތުގެ ތެރޭގައި ހިއްސާ ގަތުމަށް ޖުމްލަ 17،713 ފޯމު 16،146 އިންވެސްޓަރުންގެ ފަރާތުން ލިބުނު ކަމަށެވެ. އެއީ ފައިސާގެ އަދަދުން ބަލާނަމަ 356.5 މިލިއަން ރުފިޔާ އެވެ.
އިސްލާމިކް ބޭންކުން ބުނި ގޮތުގައި މި އަދަދަކީ ހިއްސާ ވިއްކައިގެން ހޯދަން ކަނޑައެޅި ފައިސާގެ އަދަދަށް ވުރެ 112.4 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށްފަހު 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ހުޅުވާލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް