ads
ފިޔަވަތީގެ މެއިންޓެނެސް ރަނގަޅުކުރުމަށް އެމްއެސްއެލްއާއިއެކު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން——
ފިޔަވަތީގެ މެއިންޓެނެންސް ކަންކަން ރަނގަޅުކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި
ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ ފިޔަވަތިއަށް ބޭނުންވާނެ މެއިންޓަނެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓްރީން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގެ ދަށުން އެ މަރުކަޒުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކުރެވިގެން ދާނެއެވެ. އަދި އެ ތަކެތި ސާވިސްކޮށް ބެލެހެއްޓުމުގެ އިތުރުން އިމާރާތުގައި ބޭނުންކުރެވޭ ބޮކިތައް ލެޑް ލައިޓަށް ބަދަލުކުރުން ހިމެނެއެެވެ. އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.  

އެ އެމްއޯޔޫގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު އެކަމަށްޓަކައި ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ސޮއިކުރެއްވިއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކިއުޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު ގޯޑްން އެންޑްރިއު ސްޓުވާޑްއެވެ.

ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައި ވާތީ، ލެބްގެ އިތުރުން ކްލާސް ރޫމްތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ދިރާގުން ވެސް މީގެ ކުރިން ވަނީ ފިޔަވަތީގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ގާއިމްކޮށް، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ހަތަރު ކްލާސްރޫމްގައި ހަމަޖައްސާދީފައެވެ. ޖުމްލަ 99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް ހަތަކާ ހަމައަށް މިހާރު ވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. 

އަދި މީގެ އިތުރުން ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް 14،000 އެމެރިކާ ޑޮލަރު (215،880 ރުފިޔާ) މިދަޔަ އަހަރުގެ ކުރީކޮޅުވަނީ ހަދިޔާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް