ads
ގަލޮޅު ދަނޑު ސަރަހައްދުގައި އެއްވެ ތިބި ބިދޭސީން-- ފޮޓޯ: ޓްވިޓާ، ޓެޑްމޯލްޑިވްސް
ޖޫން 30 ގެ ނިޔަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރަނީ
ޑިސެމްބަރު އެކެއްގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން، ގައުމުތަކުގެ ބޯޑަރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، ޑިސެމްބަރު އެކެއްގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް، މި އަހަރުގެ ޖޫން 30 ގެ ނިޔަލަށް، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން އެފަދަ ފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ، އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ އެންމެހައި ކަންތައްތަކުގެ އިތުރުން، އެކްޕެސްޕޯޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދި އެޕްލިކޭޝަން ހުށަހަޅުމުންނެވެ.

މިނިސްޓްރީން ބުނީ ޑިސެމްބަރު 2020 ގެ ކުރިން ދޫކޮށްފައިވާ ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާން ކުރާ ސިޓީ، އެޕްލިކޭޝަންއާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

މިނިސްޓްރީން ވަނީ 15 ދުވަހަށް ވުރެ މަދު ނޫން މުއްދަތެއްގެ ބިޒްނަސް ސްޕެޝަލް ވީޒާއެއް އޮތްކަން އެނގޭނެ، އެ ފަރާތްތަކަށް ދޫކޮށްފައިވާ ވިސާގެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގައި އެ ފަރާތްތަކީ ރާއްޖޭގައި މިވަގުތު ހުރި ފަރާތެއްކަން ބަޔާންކުރާ، "ކަންޓްރީ އިން މޯލްޑިވްސް އަންޑާ ސްޕެޝަލް ވިޒާ /ބިޒްނަސް ވިޒާ" އަށް ސެލެކްޓް ކުރަން ޖެހޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް