އަކްޝޭ އަދި ޖޯން އެއްކޮށް ކުޅެފައިވާ ފިލްމަކުން ހާއްސަ ފޮޓޯއެއް ވަނީ މިހާރު އެތައް އަންހެން ކުދިންގެ ހިތް ކަތިލާފައެވެ.
އެ ފޮޓޯގައި އަކްޝޭ އަދި ޖޯން ފެނިގެން ދަނީ ހުދުކުލައިިން ވަރަށް އޮޕިޝަލްކޮށް ހެދުން އަޅައިގެން ހުންނަ މަންޒަރެވެ. އަދި އެ ދެމީހުން ފެންނަނީ ވަރަށް ޒުވާންކޮށެވެ.
އަކްޝޭ އަދި ޖޯން
އަކްޝޭ އަދި ޖޯން އެއްކޮށް މަސައްކަތް ކުރި ފިލްމުތަކަށް ބަލާއިރު ގަރަމް މަސާލާ އަދި ދޭސީ ބޮއީސްގެ އިތުރުން ހައުސްފުލް 2 ވެސް ފާހަގަކޮށްލެވެއެވެ. އެ ހުރިހާ ފިލްމެއް ވެސް ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކަކަށެވެ.