ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައްކާ ރޯޑް ޝޯވް
ރައްކާ ރޯޑްރޭސްގައި ބޭނުންވާ އަމާޒަށް ވާސިލްވެއްޖެ ކަމަށް ފުލުހުން ބުނެފި
ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ފެށި ރައްކާ ރޯޑް ސޭފްޓީ ރަންއަށް ދުވުމަށް ކަނޑައެޅި ކިލޯމީޓަރުގެ އަމާޒަށް ވާސިލްވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ޖެނުއަރީ އަށްވަނަ ދުވަހުގެ ހަވީރު ފެށި ރައްކާ ރޯޑް ސޭފްޓީ ރަންގައި ދުވުމަށް ކަނޑައަޅާފައިވާ ކިލޯމީޓަރުގެ އަމާޒަކީ 2018 އިން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދު ކަމަށްވާ 5665 އެވެ. އެގޮތުން އިއްޔެއާ ހަމައަށް ދުވުމުގެ ބައިވެރިން ވަނީ 6059 ކިލޯމީޓަރު ހަމަކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ސޭފްޓީ ރަން" ކުރިއަށް ދަނީ 2018 އިން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދު ކަމަށްވާ 5665 ހިމެނޭ ގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެ އަދަދު އުނިކުރެވޭ ގޮތަށެވެ.

އެ ރޯޑް ސޭފްޓީ ރަން ޖެނުއަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުންނާއި އެލައިޑް އިންޝުއަރެންސް އަދި ރަން ފޯ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ދުވުމުގައި 850 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް