ads
ރިއާ--
މާ ގަންނަން ގޮސް، ރިއާ އެދުނީ ޕަޕަރާޒީން ފަހަތުން ނައުމަށް
ރިއާ ޗަކްރަވަތީގެ ނަން މިފަހުން އެންމެ ބޮޑަށް އިވިގެންދަނީ ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު އެވެ. ސުޝާންތު މަރުވިއިރު އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ރިއާ ހުރިއިރު ސުޝާންތުގެ މަރާއެކު ގިނަ ތުހުމަތުތަކެއް ވެސް އޭނާގެ މައްޗަށް ކުރެވިގެންދިޔަ އެވެ.

އޭގެ ތެރެއިން ފެންމަތިވި ޑްރަގުގެ މައްސަލައެއްގައި ރިއާ އާއި އޭނާގެ ކޮއްކޮ ޝޯވިކް ހައްޔަރު ކުރެވިގެން ދިޔައިރު މިހާރު އެމީހުން ވަނީ ދޫކޮށްލާފަ އެވެ. 

ކޮންމެއަކަސް، މިފަހުން ރިއާ މިވަނީ ބަންޑްރާގެ މަގުމައްޗަށް ނިކުމެ އުޅެނިކޮށް ފެނިފަ އެވެ. މަގުމަތީގައި މާ ވިއްކަމުންދިޔަ ތަނަކުން ރިއާ މާ ގަންނަން ކައިރިވާ މަންޒަރު ފެނިގެންދާއިރު މިއަދަކީ ސުޝާންތުގެ އުފަން ދުވަހެވެ. 

ސުޝާންތުގެ އުފަން ދުވަހުގެ އެއް ދުވަސް ކުރިން އޭނާ މާ ގަތުމަށް ދިޔުމާއެކު ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައިރު ޕަޕަރާޒީން އެތަނުން ފެނުމުން ރިއާ މާ ގަޔައެއް ނުވި އެވެ. އެގޮތުން އޭނާ ޕަޕަރާޒީންގެ ކިބައިން އެދިފައި ވަނީ އޭނާ ފޮލޯ ނުކުރުމަށެވެ. އަދި މާ ގަތުމަށް ފަހު އެތަނުން ދިޔައީ އެވެ.

އުމުރުން 28 އަހަރުގެ ރިއާ ވަނީ ހާފް ގާލް ފްރެންޑާއި ސޮނާލީ ކޭބަލް އަދި ޗެހްރާ އާއި ޖެލާބީން ފެނިގެން ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް