ދަރިފުޅު ލިބުމާއެކު ވިރާޓް ކޯލީ ވަނީ އިންސްޓާގްރާމް މެދުވެރިކޮށް އެ އުފާވެރި ހަބަރު ދުނިޔެއާ ހިއްސާކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ލޯބި ލޯބި އަންހެން ކުއްޖެއް ލިބުމުން ވަރަށް އުފާވާކަމަށާއި ހުރިހާ ފަރާތްތަކުގެ ހޮޔޮ ދުވާއާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ވެރިވާކަމަށެވެ. އަދި އަނުޝްކާ އަދި ދަރިފުޅުގެވެސް ހާލަތު ރަނގަޅުކަމަށް ވިރާޓް ބުނެފައިވެ އެވެ.
ދަރިފުޅާއި އަނުޝްކާ ހޮސްޕިތަލުން ދޫކޮށްލާ ދުވަހު އެމީހުންގެ ޕްރައިވެސީއަށް އިހުތިރާމްކޮށް އެއްވެސް ޕޮޓޯއެއް ނުނެގުމަށްވެސް ވިރާޓް އެދުނެވެ.
އަދި އެމީހުން ހޮސްޕިޓަލުން ގެއައް ދިއައީވެސް ޕޮޓޯނަގާ މީހުންނަށް ފިލުމަށްޓަކާ ދަންވަރު ގަޑީގައެވެ.
އޭގެ ފަހުން އަނުޝްކާ އާއި ވިރާޓް ބޭރަށް ފުރަތަމަ ފަހަރަށް ނިކުމެފައި މިވަނީ އިއްޔެ އެވެ. އެއީ އަނުޝްކާ ކްލިނިކަށް ދިއުމަށެވެ. ވިހޭ ފަހުން އެއްމެނަށްވެސް އަނުޝްކާ ފެނުނު ފުރަތަމަ ފަހަރަކީ މިއީއެވެ.
އަނުޝްކާ ފެންނަނީ ފޮޅިފައިވާ ރީތި ތާޒާ މަލެށްހެންނެވެ.
އެމީހުންގެ ނިންމުމަށް އިހުތިރާމުކޮށް ޕަޕަރާޒީން ފޮޓޯ ނަގާފައި ނުވާތީ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެމީހުން ވަނީ ދަރިފުޅުގެ ހާލަތުވެސް ރަނގަޅުކަމަށް ވެސް ބުނެފަ އެވެ.