ads
ދީޕިކާ ޕަޑުކޯން--
ދީޕިކާއަށް މަލާމަތްކޮށް ބުނީ އެކްޓް ނުކުރެވޭނެ ކަމަށް!
ދީޕިކާ ޕަޑުކޯންގެ ކުޅަދާނަ އެކްޓްކުރުމުގެ ހުނަރާއެކު އޭނާ ވަނީ ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދާފަ އެވެ. ޝާހް ރުކް ހާންއާއެކު ފަރާހް ހާން ޑައިރެކްޓްކުރި ފިލްމު، "އޯމް ޝާންތި އޯމް" އިން ބޮލީވުޑަށް ތައާރަފުވި ދީޕިކާއަކީ މިއަދު އެންމެ ބޮޑު އާމްދަނީ ލިބޭ އެއް ތަރިއެވެ.

ކޮންމެއަކަސް، ދީޕިކާއަކީ ވެސް ގިނަ ބައެއްގެ ފުރައްސާރައާ ކުރިމަތިވި ތަރިއެކެވެ. އެގޮތުން އެކްޓްކުރަން ނޭނގޭ ކަމަށާއި އޭނާ ވާހަކަ ދައްކާ ގޮތާއި ގުޅިގެން އެތައް މަލާމާތެއް ކުރި އެވެ.

އިންޑިއާގެ ނޫހަކަށް މި ފަހުން ދިން އިންޓަވިއުއެއްގައި ދީޕިކާ ވަނީ އެތައް އަހަރަކު މޮޑެލްކުރުމުގައި އުޅުމަށް ފަހު، އޭނާއަށް ފިލްމުން ފުރުސަތު ލިބުން ކަމަށާއި އޭރު އުމުރުން 19 އަހަރު ކަމަށެވެ. 

އެހެންނަމަވެސް އޭރު އެތައް ފުރައްސާރައަކާއި ކުރިމަތިވިއިރު އެކަމުގައި އަރައިގަންނަން ޝާހު އާއި ފަރާހް އެހީވި ކަމަށް ދީޕިކާ ބުނެ އެވެ.

ދީޕިކާ ބުނީ އޭނާ ފިލްމީ ދާއިރާއަށް ނިކުތްއިރު ހަމަ ވަކި ބަޔަކު ފާޑުކިޔަން ތިބި ކަމަށެވެ. އެގޮތުން މޮޑެލްއަކަށް އެކްޓްނުކުރެވޭނެ ކަމަށާއި އަދި ވާހަކަ ވެސް ދައްކަން ނޭނގޭ ކަމަށް ބުނެ ވަރަށް ހިތްދަތިވާ ބަސްތައް އަހަން ޖެހުން ކަމަށެވެ. 

ދީޕިކާ އިތުރަށް ބުނީ މީހުން ކިޔާ އެއްޗެހީގެ ސަބަބުން އޭނާ ބޭނުންވީ މަސައްކަތްކޮށް މީހުންނަށް އޭނާގެ ހުނަރު ދައްކާލުމަށް ކަމަށެވެ. އެގޮތުން އެކަމަށް ގިނަ މަަސައްކަތްތަކެއް ކުރެވުންކަން ފާހަގަކުރަމުން ދީޕިކާ ބުނީ މީހުން އޭނާއަށް ކީ އެއްޗެއްސަކީ ކުރެވުނު ނުރަނގަޅު ތަޖުރިބާއެއް ކަމަށް ދެކެން ބޭނުންނުވާ ކަމަށެވެ. އަދި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ މެގްނާ ގުލްޒާރުގެ ޗަޕާކް އިންނެވެ. އެސިޑް ހަމަލާގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ރޯލުން ދީޕިކާ ފެނިގެންދިޔަ އެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ "83" އެވެ. އަދި މިހާރު ޝަކުން ބަތްރާގެ ގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތުގައި އޭނާ އުޅެމުން އަންނައިރު ޝާހުގެ ކުރިއަށް އޮތް ފިލްމު، "ޕަތަން" އިން ވެސް އޭނާ ފެނިގެންދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް