ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ވީޑިއޯ ރިޕޯޓް-
ކުރިން އޯކޭ، މިހާރު އޯކޭ އެއް ނޫން!
ސިޔާސީ ވާދަވެރި ކަމަކީ މިނިވަންކަމާއެކު ދިވެހިންނަށް ހިޔާލު ފާޅުކުރެވެން ފެށުނީއްސުރެ ފެންނަމުން ދިޔަ ކަމެކެވެ. އެއްބަޔަކަށް ރަނގަޅު ކަމެއް އަނެއް ބަޔަކަށް ގޯސްވާއިރު، ބާރު އޮންނަ ހިނދު އެމީހަކަށް ރަނގަނޅު ކަމެއް، ބާރު ނެތިދާ ދުވަހު ގޯސްވާ ކަމީ މި މުޖުތަމައުގެ ތެރެއިން ފެންނިފައިވާ މަންޒަރުތަކެވެ.
Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "ގަދަ 30" އަހަރުގެ ކުރީ ކޮޅަކީ މާ ބޮޑު ސިޔާސީ ހަލަބޮލިކަމެއް ނެތް ދުވަސްވަރެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ނޫ ގާނޫނުއަސާސީ އުވާލާ، ފެހި ގާނޫނު އަސާސީ އެކުލަވާލާ، ޑިމޮކްރަސީއަކަށް ދިވެހިން ކުރި ދަތުރަކީ ދަތި އުނދަގޫ ދުވަސްތަކެކެވެ.

އެދުވަސްވަރު ވެގެން ދިޔައީ ދިވެހިންނަށް "މުޒާހަރާ" ކުރަން ދަސްވި ދުވަސްވަރަކަށެވެ. އެދުވަސްވަރު އަމިއްލަ ހައްގުގައި އަޑު އުފުލުމަށް ދިވެހިންނަށް ދަސްވިއެވެ. އެއާއެކު 2008 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު އިންތިހާބެއް ބާއްވާ، ދިވެހިންގެ ވެރިކަމަށް ރައީސް އަކު އިންތިހާބު ކުރިއެވެ.

އޭރު ރައީސްގެ މަގާމަށް އިންތިހާބުވީ މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މައުމޫނު ބަލިކުރައްވާ ރައީސް ނަޝީދު ވެރިކަމަށް އިންތިހާބުވީ، ކޯލިޝަނެއްގެ އެހީއާއެކު އެވެ. ނަމަވެސް ކޯލިޝަންތެރޭ މައްސަލަޖެހި، ކޯލިޝަންގެ ބައިވެރިން ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރަން ނިކުތުމާއެކު، ފެނިގެން ދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރު ވެއްޓުނު މަންޒަރެވެ.

ހަތެއް ފެބްރުއަރީ 2012 ގައި އޭރުގެ ވެރިކަން ވެއްޓުނީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖޭގެ ވެރިކަމާ ހަވާލުވިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ކަމަށާއި، ވެރިކަން ވެއްޓުނީ ރައީސް ވަހީދުގެ އަތެއް އޮވެގެން ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރި ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.

އޭގެފަހުން 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައީވެސް ހަމަ ކޯލިޝަނެއްގެ އެހީ އާއެކުއެވެ. އަދި ވެރިކަމަށް މާ ދުވަސް ނުވަނީސް ސަރުކާރުގެ ކޯލިޝަން ރޫޅި، އޭރުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ކޯލިޝަންގެ ގިނަ މެމްބަރުން ގުޅުނެވެ.

ރާއްޖޭގެ ސިޔާސީ ތާރީހުން ފެނުން މީގެން ކޮންމެ ކަމެއްގައިވެސް ފެނިގެން ދިޔައީ އެއް މަންޒަރެވެ. އެއީ އެބަޔަކު ވެރިކަމެއްގައި ހުންނައިރު ގޯސް ކަންކަން، ވެރިކަމުން ވެއްޓި ސަރުކާރާއި އިދިކޮޅު ބައެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުމުން ރަނގަޅުވާ ވުމެވެ.

މިކަން އެންމެ ސާފުކޮށް ފެނިގެން ދަނީ، ކޮންމެ ސަރުކާރެއްގެ ވެރިކަމުގައިވެސް އިދިކޮޅުން ކުރާ މުޒާހަރާއާއި މެދު ދެކޭ ގޮތުންނެވެ. އަދި މުޒާހަރާ ހުއްޓުވުމަށް ފުލުހުން އަޅާ ފިޔަވަޅުތަކާ މެދު ދެކޭ ގޮތުންނެވެ.

ކޮންމެ ބަޔަކު ވެރިކަމުގައި ހުންނައިރު ފެނިގެންދަނީ އިދިކޮޅުން ކުރާ މުޒާހަރާތަކާއި ދެކޮޅުވާ މަންޒަރެވެ. މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރާ ހާލަތްތަކަކީ އެކަމަށް އެކަށޭނަ ހާލަތެއް ކަމަށް ބުނާ މަންޒަރެވެ. 

ނަމަވެސް ސަރުކާރު ބަދަލުވެ، ކުރިން ވެރިކަމުގައި ތިބި މީހުންނަށް މަގުމައްޗަށް ނިކުންނަށް ޖެހޭ ހިސާބުން މުޒާހަރާ ކުރުން އޯކޭވެއެވެ. އަދި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތްތައް ކުއްލިއަކަށް ބަދަލުވެގެން ދަނީ ލާއިންސާނީ އަމަލުތަކަށެވެ.

ސިޔާސީ މީހުންގެ ފަރާތުން ފެނިގެންދަނީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ހާސް ވައުދުވާތަނެވެ. ވެރިކަމަށް އައުމަށްފަހު އެ ވައުދުތައް މަތިން ހަނދާން ނެތޭ މަންޒަރެވެ. ރައްޔިތުންނަށް ފުއްދައިދެނީ މަދު ވައުދެކެވެ. ސަރުކާރީ ޖަވާބުދާރީ ކުރުވުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ އިދިކޮޅު ފަރާތްތަކުގެ ކިބައިން ވެސް ފެންނަނީ، ސަރުކާރު ކޮށްފައިވާ ވައުދުތަކުގެ އިތުރަށް ދެން ވެރިކަމަކަށް އަންނަފަހަރަކުން ރައްޔިތުންނަށް އެކި ކަންކަން ކޮށްދޭން ކަމަށް ބުނެ ވައުދުވަމުން އަންނަ މަންޒަރެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ހުއްޓަސް ފެންނަނީ މިކަން ތަކުރާރުވާ މަންޒަރެވެ.

ވެރިކަމަށް އައުމުގެ ކުރިން ސަރުކާރަށް ފާޑުކީ ނަމަވެސް، ވެރިކަމަށް އައުމަށްފަހު ކުރިން ފާޑުކީ ކަންކަން އަމިއްލަ ސަރުކާރުން ތަކުރާރުކުރާ މަންޒަރު ފެނިގެންދާ ކަމީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ނަމުގައި އައިސް ތިބެ ރައްޔިތުންނަށް ހިޔާނާތްތެރި ވުމެވެ.

އޭރު ގޯސް ކަންކަން މިހާރު ރަނގަޅުވެދެއެވެ. އޭރު ރަނގަޅު ކަންކަންމިހާރު ގޯސްވެއެއްޖެއެވެ. ހަގީގަތުގައި ރަނގަޅު ގޮތަކީ ކޮބާކަން އޮޅިއްޖެއެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް