ads
ކްލިކް ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
ޖަޕާނު ސްކޮލާޝިޕްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް)ގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ މާސްޓާސް ޑިގްރީގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖޭޑީއެސްގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ މާސްޓާސް ޑިގްރީގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު ތިނެއް ފެބްރުއަރީގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެ މުއްދަތު އޮތީ 17 ޖެނުއަރީގެ ނިޔަލަށެވެ. 

އެހެން ނަމަވެސް ތިނެއް ފެބްރުއަރީގެ މެންދުރު 13:30 ގެ ކުރިއަށް އެ މުއްދަތު އިތުރުކޮށްފައިވާ އިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް "ޒޫމް" މެދުވެރިކޮށް 25 އަދި 26 ޖެނުއަރީގައި 14:00 އިން 15:00 އަށް އޮންނާނެ ކަމަށެވެ. 

މި ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކީ 22 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހެ އެވެ. އަދި ރާއްޖޭގެ ސަރުކާރުން ގަބޫލުކުރާ ތަނަކުން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭއިރު ސިވިލް ސާވިސް ނުވަތަ މިނިވަން މުއައްސަސާއެއްގައި މަސައްކަތްކުރާ މީހަކަށް ވެސް ވާންޖެހެ އެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކީ އެއްވެސް އެހެން ސްކޮލާޝިޕެއްގެ ދަށުން ކިޔަވާފައިވާ އަދި ކިޔަވަން ހަމަޖެހިފައިވާ މީހަކަށް ވެސް ވެގެން ނުވާނެ އެވެ. އަދި މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މައްޗަށް ވެސް ކިޔަވާފައިވާ މީހެއް ނަމަ މި ސްކޮލާޝިޕަށް ޝަރުތު ހަމަނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

އެ ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް