ads
އުތުރު ސިއްކިމް-- ފޮޓޯ: ގެޓީ އިމާޖަޒް
ޗައިނާ އާއި އިންޑިއާ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގައިފި
ޗައިނާ އާއި އިންޑިއާގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި ސިފައިންނަށް އަނިޔާވެފައި ވެއެވެ.

އެކަން ހިނގީ މިދިޔަ ބުދަ ދުވަހު އުތުރު ސިއްކިމްގަ އެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ކުޑަ މައްސަލައެއް ދިމާވި ނަމަވެސް އެކަން ހައްލުކޮށްފައިވާ ކަމަށެވެ. 

ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރުގެ މައްސަލައަކީ އެންމެ ގިނަ ދުވަސްވަންދެން ހައްލެއް ނުހޯދި އޮތް އެއް ބޯޑަރު މައްސަލަ އެވެ. ދެ ގައުމުން ވެސް ބޯޑަރު ކައިރިން ބޮޑެތި ސަރަހައްދުތަކެއް ބޭނުންވެ އެވެ. 

އެ ސަރަހައްދުގައި އޮންނަ ލަޑަކްގައި މިދިޔަ ޖޫން މަހު ވެސް އިންޑިއާގެ 20 ސިފައިންގެ މީހުން މަރުވި އެވެ. މި ފަހަރު ހަމަނުޖެހުން ހިނގި ސިއްކިމްއަކީ ބޫޓާނާއި ނޭޕާލާ ދެމެދުގައި ލަޑަކްގެ އިރުން އޮންނަ 2،500 ކިލޯމީޓަރުގެ ބިންކޮޅެކެވެ. 

ހަމަނުޖެހުން ހިނގީ ޗައިނާގެ ސިފައިންގެ ބަޔަކު އިންޑިއާއިން ކޮންޓްރޯލް ކުރާ ބިމަށް ވަންނަން އުޅުމުންނެވެ. މާ ބޮޑު ހަމަނުޖެހުމެއް ނުހިނގާ ކަމަށް އިންޑިއާއިން ބުނެފައި ވާއިރު، ޗައިނާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދާތީ ސުލްހައިގެ މަޝްވަރާތައް ވެސް ވަނީ ހުއްޓިފަ އެވެ. އެކަމަކު އިއްޔެ ދެ ގައުމުގެ މިލިޓަރީ ކޮމާންޑަރުން ބައްދަލުކުރި ކަމަށް ވެއެވެ.

މި ހަމަނުޖެހުމުގެ ސަބަބުން ދެ ގައުމަށް ވެސް ނޭދެވޭ އަސަރު ކުރެ އެވެ. އަދި ޗައިނާއަކީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރަށް ވާތީ އިންޑިއާއަށް އޮތް ގެއްލުން ބޮޑު ކަމަށް ބެލެވެ އެވެ.

ޗައިނާ އާއި އިންޑިއާއިން މި މައްސަލާގައި 1962 ވަނަ އަހަރު ހަނގުރާމައެއް ކޮށްފައި ވާއިރު، އެ ފަހަރު އިންޑިއާ ވަނީ ބަލިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް