މީގެ އިތުރުން ނައިޓްރޯޖަން ފްލަޝް ޕެކިންއެއް ރައްކާކުރެވި މިހިކިކިރު ބަންދު ކުރެވިފައިވަނީ އޭގެ އަސްލަށް އަދި ރަހައަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނާނެފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުންވެސް މި ކިރު އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި، އަދި ކޮފީއާއި ސަޔާއި އެކު ފަސޭހަކަމާއި އެކު ގިރާލެވެއެވެ.
އަދި މީގެ އިތުރުންވެސް މަޖަންކިރަކީ އޭގެ ފައިދާ ލިބިދިނުމަށް ހެނދުނުގެ ނާސްތާ ސީރިއަލް އަށާއި، ކެއްކުމަށާއި، ބޭކްކުރުމަށާއި، ފޮނިކާތަކެތި ތައްޔާރުކޮށްލުމަށްވެސް މިހާރު ގެ މާރކެޓުގައި ހުރި އެންމެ އެކަށޭނަ އެއް ހިކިކިރެވެ.
ރެޑްވޭވްއިން މައުލޫމާތުދެއްވި ގޮތުގައި އެކުންފުނިން ހިކިކިރެއް ތައާރަފްކުރަން ނިންމާފައިވަނީ ބާޒަރުގައި ހިކި ކިރުގެ އަގު އިންތިހާއަށް އުފުލުމާއިއެކުގައެވެ. އެގޮތުން މިވަގުތަކީ ރައްޔިތުންގެ އަތްމަތިދަތި ވަގުތަކަށްވުމާއި އެކު، އަމިއްލަ ހިކިކިރެއް ގެނެސް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައެވެ.
މަޖަން ހިކިކިރު މިހާރު މާރކެޓުގައި ހުރި ހިކިކިރަށްވުރެ %20 އާއި %30 ދެމެދު އަގުހެޔޮ ވާނޭކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ. މަޖަން ހިކިކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައިވާ ރެޑްވޭވްގެ ފިހާރަތަކުންނެވެ. އިތުރު މައުލޫމާތު 9194499 މިނަންބަރުން ލިބިވަޑައިގަންނަވާނެއެވެ.