ads
އިސްދޫ ބަނދަރުގެ މަސައްކަތް--
ލ. އިސްދޫ ބަނދަރު ފުންކޮށް ނިންމާލައިފި
ލ. އިސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައި ކަމަށެވެ. 

އޭގެ އިތުރުން އެއްގަމުތޮށި ލިމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 45 އިންސައްތަ ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ. 

އެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 1،560 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު މޮބިލައިޒް ކުރެވުނު އެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 34.7 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް