ads
ވައިރަލް ވެެގެން އުޅޭ މެޕް---
ރާއްޖޭގެ މެޕަކުން ފައްޅިއެއް ފެންނަނީ!
ރާއްޖޭގެ ސަރަހައްދެއްގެ މެފަކުން ފައްޅިއެއް ފެންނަ ކަމަށް ބުނެ މީސްމީޑިއާގައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއިއެކު އެމައްސަލަ ބަަލަން ފަށާފައިވާ ކަމަށް ފުލުުހުން ބުނެފި އެވެ.

މީސްމީޑިއާގައި އެމެޕްގެ ފޮޓޯތައް ހިއްސާކޮށް ބައެއް ފަރާތްތަކުން ދަނީ އެގޮތައް ފަޅިއެއް ރާއްޖެ ސަރަހައްދަކުން ދައްްކަންޖެހެނީ ކީއްގެންތޯ ސުވާލު އުފައްދަމުންނެވެ. އެ ކަންބޮޑުވުންތައް ފުލުހުންގެ މީޑިއާ ގުރޫޕްގައި ނޫސްވެެރިއަކު ހިއްސާކުރުމުން ފުލުހުން މިރޭ ބުނެފައިވަނީ، ޝޯޝަލް މީޑިޢާއިން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

އަދި އެމައްސަަލައިގައި އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ބެލުމަށްފަހު މައުލޫމާތު ހިއްސާކުރޭނެ ކަމަށް ފުލުހުން ބުނެއެވެ. 

އެ މައްސަލައިގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާއިރު، އެފަދަ މައްސަލަތަކަކީ ގައުމީ މައްސަލަހަތާއި ރައްޔިތުންގެ އެއްބައިވަންތަކަމާއި ގުޅިފައިވާ ކަންކަމަށް ވުމުން، އެއީ ހަގީގަތެއް ނޫންކަން ކަަށަވަރު ކޮށްދިނުމާއިއެކު އެގޮތައް ރާއްޖޭގެ ސަރަހައްދެއްގެ މެޕްގައި ފަޅިއެއް ލޭބަލްވެފައި އިންނަ މައްސަލަ ބެލުމުގެ އިތުރުން އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. 

މެޕުން ފެންނަގޮތުން ހިންދޫ ދީނަށް ނިސްބަތްވާ "ޖޭ ޝްރީ ރާމް"ގެ ނަމަުގައި ފައްޅިއެއް ވަނީ ރާއްޖޭގެ ސަރަހައްދެއްގެ މެޕުގައި ލޭބަލްކުރެވިފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް