އެޗްޕީއޭއިން ބުނީ ހިމަބިހީގެ މި ދެ ކޭސްވެސް ފެނިފައިވަނީ މި ހަފްތާގެ ތެރޭގައިކަމަށެވެ.
އެޗްްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ރިޕޯޓް ކޮށްފައިވާކަމަށެވެ. މީގެތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހުން ހިމެނޭކަމަަށްވެސް އެޗްްޕީއޭއިން ބުނެއެވެ.
މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅޫތަކުގައިއާއި އަދި އަވަށްޓެރި ގައުމުތަކުގައިވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މި ހަފްތާގައި ތެރޭގައި މާލޭ ސަރަހައްދުން 2 މީހުން ހިމަ ބިއްސަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ހިމަބިހީގެ ކޭސްއެއް ފެނުމާއިއެކު އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިންދިނުމް މިހާރު ކުރިޔަށްދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;