ads
ރައީސް ސޯލިހް--
ލޯޓީފައިލްސްގެ ކުރިއެރުމަށް ރައީސްގެ ތަހުނިޔާ
ލޯޓީފައިލްސް އިން މައިކުރޯ ސޮފްޓާ ގުޅިގެން ނުވަ މިލިއަން ޑޮލަރުގެ އާ ޕްރޮޖެކްޓެއް ލޯންޗްކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަހުނިޔާ ކިޔުއްވައިފިއެވެ.

ރައީސް ސޯލިހް ލޯޓީފައިލްސްއަށް ތަހުނިޔާ ދަންނަވަމުން ވިދާޅުވެފައި ވަނީ ލޯޓީފައިލްސްއިން ހޯދި ކުރިއެރުމަށް ވަރަށް ބޮޑަށް ތަހުނިޔާ ވިދާޅުވާ ކަމަށާއި އަދި އެ ކުންފުނީގައި މަސައްކަތް ކުރާ ރާއްޖޭގެ މީހުން ވަނީ ލޯޓީފައިލްސް ކުރިއެރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައި ކަމަށާއި އަދި ރާއްޖޭއިން އުފެދުނު އިސްޓުރުމެންޓެއް މިހާ ކުރިއަރައިގެން ދިޔުމުން ފަހުރުވެރިވާ ކަމަށެވެ.

ލޯޓީފައިލްސް އަކީ 2018 ވަނަ އަހަރު އުފައްދާފައިވާ ޕްލެޓްޕޯމެކެވެ. އެ ޕްލެޓްޕޯމްއިން ލޯޓީ ކިރިއޭޝަން، އެޑިޓިން ޓެސްޓިން ޓޫލްސް ބޭނުންކުރެވެއެވެ. އަދި އެއީ އެނިމޭޝަންތަކަށް މާކެޓް ޕްލޭސްއެކެވެ.

your imageފޮޓޯޯ؛ ލޯޓީފައިލްސް

މިހާރު އެ ޕްލެޓްފޯމް ބޭނުންކުރާ އެއް މިލިއަންއަށް ވުރެ ގިނަ މީހުން އުޅެއެވެ. އޭގެ ތެރޭގައި 65،000 އަކީ ގޫގުލް، ޓިކްޓޮކް، ޓިޒްނީ އަދި ނެޓްފްލިކް ފަދަ ކުންފުނިތަކުގެ މީހުންނެވެ. އެހެންކަމުން އެ ޕްލެޓްފޯމް ވަނީ 300 ޕަސަންޓު އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން ގޮސްފަ އެވެ.

އަދި ލޯޓީފައިލްސް ވަނީ މިހާރު މައިކްރޯ ސޮފްޓާ ގުޅިގެން ނުވަ މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށާފައެވެ. އޭގެ ތެރޭގައި ސްޓާޓްއަޕް އިންވެސްޓަރުންގެ 500 މީހުން ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް