ads
ވީޑިއޯ ރިޕޯޓް-
ރިސޯޓު މުވައްޒަފުން އަދިވެސް ނިދަނީ އަނބި ދަރިންނާ ދުރުގަ!
ޝައްކެތްވެސް ނެތެވެ. މަސައްކަތްތެރިންނަކީ މިގައުމު މިއަދު މިހިސާބަށް ގެނެއުމަށްޓަކައި ލެއާ ދާ އޮހޮރުވި ތައުރީފްު ހައްގުބަޔެކެވެ. އެ މަސައްކަތްތެރިންގެ ހައްގުތަކާއިމެދު ޝައްކެތްވެސް ނުމެ އުފެދޭމެއެވެ. މަސައްކަތްތެރިންނަކީ މިގައުމުގެ ތަބުކަން ނޭނގޭ މީހަކުވެސް ނެތެވެ.
Advertisement

އެހެންނަމަވެސް މިއަދު ހުދު އެ މަސައްކަތްތެރިންގެ ހިތުގައިވެސް އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ މިކަން މިއަދު އެވާހަކަތައް ހަރުއަޑުން ގޮވި ސަރުކާރުގެ ބޭފުޅުންނަށް އެބައެނގޭތޯ ކުރެވޭ ސުވާލެވެ. ނޫނީ މިއީ ވޯޓަށްޓަކައި ދައްކާލި ހަމަ ހުސްވާހަކަތަކެއްތޯ އެވެ؟ ނޫނީ ކުރެއްވި މަލާމާތެއްތޯއެވެ؟

މިހެން ބުނަން މިޖެހެނީ މިހާރުގެ ސަރުކާރުގެ ފުރިހަމަ މެނިފެސްޓޯއާއި އެޖެންޑާ-19 ވިއްކާގެން ވެސް ނުލިބުނު ތާއިދު އެންމެ ބޮޑަށް މި ސަރުކާރުން ހޯދީ ހުދު ކުރީގެ ރައީސް ނަޝީދު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިސޯޓު މުވައްޒަފުންނަށް ދެއްވި އިތުބާރާއި ދެއްވި އުންމީދެއްގެ ބޮޑުކަމުންކަމަށް ވީހިދު ސަރުކާރާއި ހަވާލުވެ ދެއަހަރު ނިމި ތިންވަނަ ދައުރަކާއި ކުރިމަތިލާއިރު އެ ރިސޯޓު މުވައްޒަފުންގެ ހައްގޭ ކިޔާގެން އަގަހުޅުވާލެވޭނެ ސަރުކާރުގެ ލީޑަރެއް ނެތްތާ ހައްގޭ ކިޔާ އެއްޗެއް އޮތްހެން އޭރުގެ އެ ވާހަކަތައް ހަރުއަޑުން ދެއްކެވި ބޭފުޅުންގެ ހިތައްވެސް ނާރާތީއެވެ. 

ސަރުކާރު ތިން ވަނަ ދައުރަކާއި ކުރިމަތިލިއިރު އޭރު ރިސޯޓު މުވައްޒަފުން ނިކަމެތި ނުވާނެ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރިސޯޓު މުވައްޒަފުންނެއްވެސް ނިދާނީ އެމީހުންގެ އަބިދަރިން ކައިރީގައޭ، ބުނި ދޫތައް މިއަދު ވަނީ ބަންދުވެފައެވެ. 

" ނިދާކަށެއް ނުޖެހޭ ފެކްޓްރީއަކު. ނިދާކަށެއް ނުޖެހޭ ރިސޯޓަކު. އެއީ ދުނިޔެ ހިނގާގޮތެއް ނޫން. މާކުރީ ޒަމާނެއްގައި 1900 މިގައުމު ފުރޮޅުނުއިރުގާ ގެންގުޅުނު މީހުން ގަދަބާރު އަޅާގެން. ދަނޑިބާރު އަޅާގެން އެތަން މިތަނުގައި ނިންދަވާގެން. ނޫޑްލްސް ޕެކެޓެއް ކާންދީގެން. ކޮންޓެއިނަރެއްގެ ތެރޭގައި ފާހާނާކުރުވާގެން. މިއީ އަނެއް ދިވެހިރާއްޖެއެއް ނޫން. ދިވެހި ރައްޔިތުންގެ ޑިޕޮކްރަޓިކް ޕާޓީ މިއަދު މިތެދުވަނީ ދިވެހި މަސައްކަތްތެރިންނާއިއެކުގާ. އަޅުގަނޑުމެން އެމީހުންގެ ހައްގުތައް ކަށަވަރުކުރާނަން. ރިސޮޓުތަކުގައި ރާއްޖޭގެ ޒުވާނުންނަށް ނިދާކަށެއް ނުޖެހޭނެ. އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރހާ، ހުރިހާ ރިސޯޓެއްގެވެސް މަސައްކަތްކުރާ މުވައްޒަފުން ނިދާނީ އެމީހުންގެ އަބިދަރިން ގާތުގަ. ރިސޯޓާއި ރަށާއި ދެމެދު އަބުވެސް ފެރީ ދަތުރުކުރާނެ. މިއީ ފުލެޓް ދޮންބެ. އަޅުގަނޑުމެން އެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން" 2018 ވަނަ އަހރުގެ ރިޔާސީ އިންތިހާބު ކެމްޕެއިންގެ ތެރެއިން ނަޝީދު އޭރު ވިދާޅުވި އެވެ.

އެ މުވައްޒަފުން މިއަދުވެސް އެ ނިދަނީ ހަމަ ރިސޯޓުގައެވެ. އެބުނި ފެކްޓްރީގައެވެ. މިއީ ނަވާރަސަތޭކައިގެ އަހަރެއްވެސް ނޫނެވެ. 2021 ވަނަ އަހަރުގައެވެ. ރިސޯޓު މުވައްޒަފުން މިއަދު އެތިބީ މީގެ ކުރިން ދުވަހަކުވެސް ނުވާވަރަށް ނިކަމެތިވެ، ރިސޯޓުތަކުގައި ނިދާކަށް ނުޖެހެޔޭ ނިދަންޖެހޭނީ އަބިދަރިންގެ ގާތު ރަށުގައި ބުނި ސަރުކާރެއްގެ ދެ އަހަރު ނިމިގެންދިޔައިރު ހަމަ އެއްކަލަ ރިސޯޓުގައި ބަންދުވެ ތާށިވެފައެވެ. މީގެ ކުރިން ރަށަށް ދެވޭ މިންވަރާ ގާތަށްވެސް އެ މުވައްޒަފުންނަށް މިއަދު ރަށަށް އަބިދަރިންގެ ގާތަށް ނުދެވޭ ކަމީ ފެންނަންއޮތް ބޮޑު ހަގީގަތެކެވެ. ހައްގުތައް ހޯދަން އޭރު ކުރި އިހްތިޖާޖް މިއަދުވެސް އެދަނީ ކުރަމުންނެވެ. ބަދަލުވާނެ ކަމަށް ބުނި ރިސޯޓު މުވައްޒަފުންގެ ދިރިއުޅުން ބަދަލެެއް ނުވިއެވެ. މަސައްކަތް ވީ ހައްތަހާ ބުރައެވެ. އިތުރަށްވީ ނިކަމެއްޗެވެ. އެހެންނަމަވެސް އޭރު ވޯޓުކޮޅަށް ދައްކާލި އެވާހަކަތައް މުޅީ އަނެއްފުށަށް ޖެހި މަންޒަރު ވަރަށް ބޮޑަށްވެސް މިއޮތީ ބަދަލުވެފަޢޭ ދެންނެވި ދާނެއެވެ. 

ތެދެކެވެ. ރިސޯޓު މުވައްޒަފުންގެ ތަންމައްޗެއް ރިސޯޓުތަކަކުން ބޭރެއް ނުވިއެވެ. ރިސޯޓާއި ރަށާއި ދޭތެރޭ ދަތުރުކުރަން ބުނި ފެރީ ފެނޭތޯ ތިބެތިބެވެސް ވަރުބަލިވެއްޖެއެވެ. ލޮލުކޮޅައްވެސް ނުފެނުނެވެ. އެންމެ ފަހުން އެ މުވައްޒަފުންގެ އަގަތަކުން ބޭރުވީ "ތިމަންނަމެން ވަރުބަލިވެއްޖެ، ރިސޯޓު ބަންދުން ދޫކޮށްލާ އާއިލާތައް ދެކިލުމުގެ ފުރުސަތުދީ" މި ބަސްތަކެވެ. 

އެހެނެއްނޫނެވެ. މިއަދު އެ ފޮނި ވާހަކަތަކުން އެ ނިކަމެތި މުވައްޒަފުން ގުނބޯ ހެއްދި ބޭފުޅުން އެތިބީ މަތީ ފަންތީގެ ބޮޑެތި ގޮޑިތަކުގައި ވެޑުވިލާގެންނެވެ. ނުވިތާކަށް ރިސޯޓު މުވައްޒަފުން ކޮންޓެއިނާގައި ނިދަން ނުޖެހެޔޭ ރިސޯޓުތަކުގައި ނިދަން ނުޖެހެޔޭ ބުނެ ހައްގުތައް ކަށަވަރުކުރަން އެންމެ ހަރުއަޑުން ރީނދޫ ޕޯޑިއަމަކަށް އަރާވަޑައިގެން އަޑުފުޅަށް ބާރުލައްވާ ހަޅޭއްލެއްވި ބޭފުޅާވެސް އިންނެވީ ހައްގުތައް ހޯދައިދޭން އެންމެ ބޮޑަށް ވަކާލާތުކުރެއްވޭނެ ރައްޔިތުންގެ މަޖިލީހުގެ ތަހުތުގައި ހިނިފުޅުވެޑުވާގެން ހަމަޖެހިލާގެންނެވެ.

 މަޖީލުހުގެ އެއް އަހަރުގެ ދައުރެއް ނިންމާވާލައްވާ އެއްމަހުގެ ޗުއްޓީއެއް ބޭރުގައި ހޭދަކުރައްވާ ވަޑައިގެން ރިސޯޓެއްގައި އަރާމުގައި ކަރަންޓީންގެ މުއްދަތު ހަމަކުރައްވާ ނިންމާވާލައްވަނީއެވެ. އެއްކަލަ ރިސޯޓު މުވައްޒަފުން ތިބީ ޗުއްޓީއަކަށްވެސް ނުދެވި ބަންދުވެފައެވެ. މިފަދަ ސަރުކާރުގެ ބޮޑުންނާއި ދައުލަތައް ވަރުވަރުން ހަޒާނާ ޖަމާކޮށްދޭން އޮތް ނުވަތަ ރަންބިސް އަޅާ ކުކުޅު ދޮށުަގައި ރެއާ ދުވާލު ގުލާމް ކުރާށެވެ. އަޅާ ކޮންމެ ބިހަކުން ލައްކައިން ބިލިއަނުން ފައިދާ ވަންނަނީ އެއްކަލަ ދައުލަތުގެ ޖާޑިއަށެވެ. 

އެމްޑީޕީގެ ރައީސްގެ ގޮތުގައި ނަޝީދު ހުންނެވިއިރު ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ، އެންމެ ފުރަތަމަ އެމްޑީޕީ އުފެދިގެން އައީވެސް، މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދައްކަގައި އޭރު އޮތް ސަރުކާރުން މަސައްކަތްރިންގެ ހައްގުތައް އަދާނުކޮށްދޭކަން ރައްޔިތުންނަށް ޔަގީންކޮށްދެމުންނެވެ. 

"ހެޔޮ ވެރިކަމެއް" ކޮށްދެއްވާނެކަމަށް ވިދަޅުވެ، 2008 ވަނަ އަހަރު ދިވެހި ދައުލަތާއި ހަވާލުވެ ވަޑައިގެންވެސް އޭރު ވިދާޅުވި މިންވަރަށް މަސައްކަތްތެރިންގެ ހައްގަކާއި ނޫޅުއްވިއެވެ. އޭގެ ބަދަލުގައި އުފެއްދެވީ ކެޕަޓަލިސްޓުންގެ ބައެއްނޫންތޯ؟ އެވެ. މަސައްކަތްތެރިންގެ ވާހަކަ އަކީ އެމްޑީޕީން ކޮންމެ އިންތިހާބެއްގައި ފެނުކައްކާ ބޮލީގެ އިއްޒަތް ދީގެން ދައްކަން އޮންނަވާހަކައަށް މިއަދު މިވަނީ ވެފައެވެ. 

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާގައި އެ މުވައްޒަފުންގެ މުޅި ދިރިއުޅުން ގުރުބާން ވެގެންދަނީއެވެ. ކޮވިޑަށް އަރިއަޅާލި ދައުލަތް ނަގާ ތެދުކުރަން ތިބި ބަޔަކީވެސް ހަމަ އެ ރިސޯޓު މުވައްޒަފުްނެވެ. ނަމަވެސް އާއިލާއާއި އަބިދަރިންނާއި ދުރުގައި މި ގައުމުގެ އިގްތިސާދު ވެއްޓުނު އަދަވަޅުން ނަގަން، ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ ހިނިތުންވުމަކާއިއެކީއެވެ. އަމިއްލަ އެތައް އުފަލެއް ގުރުބާންކޮށް މިވަނީ ކޮންފަދަ ގުރުބާނީއެއްތޯއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް