
އައްޑޫ ސިޓީ ލިންކް ރޯޑް---
އައްޑޫ ސިޓީ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ފާތިމަތު ޝައުސަން އަލީ
29 ޖެނުއަރީ 2021 - 21:44:25
އައްޑޫ ސިޓީ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ލިންކް ރޯޑް ގައި އަލަށް އިމާރާތް ކުރާ ޕޮލިސް ޓްރޭނިން ސްކޫލް ކައިރިން ސައިކަލަކާ ބައިސްކަލެށް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 18:37 ކަށްހާއިރު ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މިހާއަށާއި ބައިސްކަލުގައި އިން މީހާއަށް އަނިޔާވެ އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން ފުލުހުން ބުނެފައި ވަނީ އެ ހާދިސާ ހިނގާފައިވަނީ ގަމުން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހުނު ވަގުތު ގަމުން ހިތަދޫއަށް ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލު ޖެހިގެން ކަމަށެވެ.
އެ ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް