ads
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): ---
އަދުރޭއަށް ކުރި ދައުވާގެ އަޑުއެހުން މާދަމާ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރާ، ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގެ ޝަރީއަތް މާދަމައަށް ތާވަލްކޮށްފި އެވެ.

އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި އަދުރޭއާއި ދެކޮޅާށް ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެގޮތުން އަދުރޭގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ ދަށުން، ހަޑިހުތުރު އެއްޗެހި ކިޔުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގެ އިތުރުން ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އަދުރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން، ފުލުހުންގެ އިދާރާގެ ބޭރުގައި ހުރެގެން ހަޑި ހުތުރު ބަސްތައް ބޭނުންކުރި މައްސަލައެއް ވެސް ފުލުހަށް ވަނީ ހުށަހަޅާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް