ދާދި ފަހުން ޗައިނާއިން ވަނީ ޓައިވާނު ކައިރިން އަސްކަރީ ވައިގެ އުޅަނދުތައް އުދުއްސާފަ އެވެ. އަދި އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށްފަ އެވެ.
އޭގެ އިތުރުން އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އޭޝިއާއާ މެދު ގެންގުޅުއްވާ ސިޔާސަތަކީ ޓައިވާނުގެ މިނިވަންކަން ގަބޫލުކުރުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން ހަނގުރާމައިގެ އިންޒާރު ދިނުމާއެކު އެމެރިކާއިން ބުނެފައި ވަނީ އެއީ ދެރަ ކަމެއް ކަމަށާއި ހިޔާލު ތަފާތުވިޔަސް އަސްކަރީ ކުރިމަތިލުމަކަށް ދާން ނުޖެހޭ ކަމަށެވެ.
ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެގައުމުގެ އެއް ޕްރޮވިންސެވެ. ނަމަވެސް ޗައިނާއާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި އޮންނަ ޓައިވާނުން ދެކެނީ އެމީހުންނަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގަ އެވެ.
ޓައިވާނުގެ ސަރުކާރުން ރަސްމީކޮށް މިނިވަންކަން އިއުލާނު ކުރުމާ ގާތްވަމުންދާ ކަމަށް ޗައިނާއަށް ބެލެވޭތީ އެގައުމުން މަސައްކަތް ކުރަނީ ޓައިވާނުގެ ރައީސް ސައި އިންގް ވެންއަށް ނުފޫޒު ފޯރުވުމަށެވެ.
ނަމަވެސް ރައީސް ސައި މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައި ވަނީ ޓައިވާނަކީ މިނިވަން ގައުމެއް ކަމަށާއި ރަސްމީކޮށް އެކަން އިއުލާނު ކުރަން ނުޖެހޭނެ ކަމަށެވެ.