ޕީއެންސީގެ ނައިބް ރައީސް ޝުޖާއު މިގޮތަށް ވިދާޅުވެފައި މިވަނީ އެންމެ ފަހުން އޮތް އޭލެވެލް އަދި އޯލެވެލްގައި ގަދަ ދިހައެއްގައި ހިމެނުނު ހުރިހާ ދަރިވަރުންނަށް އިނާމު ދިނުމުގެ ބަދަލުގައި ހަމައެކަނި އެއް ވަނަ ދަރިވަރުންނަށް އިނާމުދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއި ގުޅިގެންނެވެ.
އެ ނިންމުން ބަދަލުކުރަން ގޮވާލާއި ޕެޓިޝަނެއްގައި އެޑިއުކޭޝަނަށް ހުށަޙަޅަން ތައްޔާރުވަމުންދާ ދަނޑިވަޅުގައި ޝުޖާއު ވިދާޅުވީ ފުޓްބޯޅަ މުބާރާތްތައް ވެސް މިހާރު ބޭއްވޭކަމަށާއި އަދި ސިނަމާތަކާއި ސްކޫލުތައް ވެސް މިހާރު ވަނީ ހުޅުވާފައި ކަަމަށެވެ. އެކަމަކު ދަރިވަރުންގެ ތައުލީމީ ހަޔާތުގެ ރަންވަނަތަކުގެ އަގު ވަޒަންކޮށްނުލެވުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ވަރަށް ކުލަގަދަކޮށް ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވި ނަމަވެސް މިފަހަރު އެ ރަަސްމިއްޔާތު ކުޑަކޮށްލަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެންނެވެ. އެގޮތުން ފެބްރުއަރީ 25 ވަނަ ދުވަހު އެ ރަސްމިއްޔާ ތާޖުއްދީން ސްކޫލުގެ ހޯލްގައި ބާއްވަން ނިންމާފައިވާއިރު އެއް ވަނައިގައި ހިމެނޭ ދަރިވަރުން ފިޔަވައި ބާކީ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދޭނީ މާޗު އެކެއްގައި ބާއްވާ އޮންލައިން ރަސްމިއްޔާތެއްގަ އެވެ.