ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ސަން
އަދުރޭ އެދުނީ ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވައިދިނުމަށް
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ކޮށްފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވައި ދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ބުނި ގޮތުގައި ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދައުވާ ލިބޭ ފަރާތަށް ލިބިގެންވާ ހައްގުތައް މިއަދުގެ އަޑުއެހުމުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ. ދައުލަތުން ދައުވާ ހުށަހެޅުމުން، އަދުރޭގެ ފަރާތުން ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާ ކުރުމަށްފަހު ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފައި ކަމަށާއި، ކޯޓުން އެ ފުރުސަތު އަދުރޭ އަށް ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިނެވެ.

އަދުރޭގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި އަދުރޭއާ ދެކޮޅަށް ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެގޮތުން އަދުރޭގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ ދަށުން، ހަޑިހުތުރު އެއްޗެހި ކިޔުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް