ads
އުރުބާނީ ކުރިން ރާއްޖޭގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އިރު - ފައިލް ފޮޓޯ: ސަން
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް އުރުބާނީ ހަމަޖައްސައިފި
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާއާ ވެސް އެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ހަންގޭރީގެ އިސްތަވާން އުރްބާނީ ހަމަޖައްސައިފި އެވެ.
Advertisement

އުރުބާނީ ޤައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސަން ނިންމީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން އެފްއޭއެމް އިން ވަނީ އުރުބާނީ އެ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ވެސް ހަމަޖައްސާފަ އެވެ.

މިއީ އުރުބާނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވާ ތިންވަނަ ފަހަރެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާގެ މަގާމާއި ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވާން އުރުބާނީ ރާއްޖެ އަންނާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ އެމެރިކާގަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ އުރްބާނީ އެންމެފުރަތަމަ ހަވާލުވެފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ގައުމީ ފުޓުބޯޅަ ޓީމުން ވަނީ މުބާރާތުގެ ރިހި މެޑަލް ހޯދާފަ އެވެ.

އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. އޭނާ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ކުރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭ، ޒަމާނީ ޓީމެއް އެކުލަވާލަން މަސައްކަތްކުރާ މޮޅު ކޯޗެއްގެ ގޮތުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް