ads
މ. ކޮޅުފުށި
ކޮޅުފުށީގައި ކަރަންޓީނާ ހިލާފުވީ މީހަކު ހައްޔަރުކޮށްފި
މ. ކޮޅުފުށީގައި ކަރަންޓީނާ ހިލާފުވީ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެން ޝާމިލް ސިއެންއެމްއަށް ވިދާޅުވީ ހައްޔަރު ކުރި މިހާ އުޅޭ ގޭގެ އެންމެން ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށާއި ނަމަވެސް އޭނާ ވަނީ ކޮވިޑަށް ޓެސްޓުކުރަން ވެސް ދެކޮޅު ހަދާފައި ކަމަށެވެ. 

ކަރަންޓީން ވާން ނޯޓިސް ޖެހުމުން ވެސް އެމީހާ ރަށު ތެރޭގައި މާސްކު ނާޅާ ގެއިން ނިކުމެގެން އުޅޭ ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.

ރޭގެ ވަގުތެއްގައި ފުލުހުން އެމީހާ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ. މީގެ އިތުރުން ހަށްޔަރުކޮށްފައި ވަނީ މެދު އުމުރުގެ ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މ. ކޮޅުފުށީގައި ހާލުގައި އުޅެމުންދާ ފަރާތްތަކަށް ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ވެސް ވަނީ ފަށާފައެވެ. އެގޮތުން ޖެންޑާ މިނިސްޓްރީން ބުނީ ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލުބަލާފައިވާ ކަމަށެވެ. 

ކޮޅުފުށީ ކްލާސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 25 އަށް އަރާފައިވާއިރު އަތޮޅު ތެރޭގައި އެކްޓިވް 130 ކޭސް އެބަ އުޅެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް