ads
އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ ސާވިސް އެގްރިމެންޓްގައި މިއަދު ސޮއިކުރުމުގެ ހަފްލާ ތެރެއިން
ފެރީގެ ނިޒާމުން ގުޅާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުމަށް އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ ސާވިސް އެގްރިމެންޓްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ، ހދ އަދި ނ އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ނޮވެމްބަރު ފެށިގެން ދާނެއެވެ.

މި ފިޔަވަހީގެ ޖުމްލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާ ކަމަށް ވާއިރު އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ އެ މަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ އަދަދެވެ.

your imageއިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ ސާވިސް އެގްރިމެންޓްގައި މިއަދު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ޑިރެކްޓަރް ޖެނެރަލް މުހައްމަދު އިމާދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް