ads
ދަސްވެ ނިމުމުގެ ތެރެއިން
ލޯނުތަކުގެ އަދަދު އިތުރުކޮށް، މިއަންނަ ހަފްތާގައި ހުޅުވާލަނީ
މަތީ ތައުލީމާއި ތަމްރީނަށް ލޯނުގެ ފުރުސަތު އިތުރުކޮށް މިއަންނަ ހަފްތާގައި ލޯނަށް ކުރިމަތިލުމަށް މިއަންނަ ހަފްތާގައި ހުޅުވިގެން ދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ފަލްސަފާއަކީ، ގައުމު ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި، ތަރައްގީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާކުރުން ކަމަށެވެ.

އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ސްކީމާއި، މަތީ ތައުލީމަށް ހުޅުވައިލި ލޯނުގެ ފުރުސަތުތަކަކީ، ތަރައްގީގެ ވިސްނުން ހުރި ޒުވާން ޖީލެއް އުފެއްދުމަށްޓަކައި، ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް ދެކޭ ކަމަށާއި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތުވާނީ ފަހިކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން އިގްތިސިދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައި ކަމަށާއި ފުރަބަންދުގެ ހާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ގައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަމުގައި ވަރަށް ދީލަތި އެއްބާރުލުމެއް ދެއްވި، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށާއި އެންމެހައި މުދައްރިސުންނަށް އަދި އެންމެހައި ބެލެނިވެރިންނަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައިވެސް، މަތީ ތައުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުސަތު ހުޅުވައިލެވުމު ކަމަށާއި އަދި މިހާރު ވާނީ އެ ޢަދަދު 770 އަށް އިތުރުކޮށްފައި ކަމަށެވެ. އަދި އެ ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިއުލާން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިތުރުކުރި ލޯނުގެ ފުރުސަތުތަކަކީ، އިގްތިސާދު އާރާސްތުކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުސަތުތަކެއްކަމަ ށެވެ.

އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިއީ ޒުވާނުން ބިނާކުރުމުގަޔާއި، ގައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް