ads
ބަރުލަމާނީ ނިޒާމަކީ ކަމުދާނެ ނިޒާމެއް ނޫން: މައުމޫން
ރާއްޖެއަށް އެންމެ ކަމުދާނީ ރިޔާސީ ނިޒާމު ކަމަށާއި ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެއްވެސް ވަރަކަށް ކަމުދާނެ ނިޒާމެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
Advertisement
ރާއްޖެއަށް އެންމެ ކަމުދާނީ ރިޔާސީ ނިޒާމު ކަމަށާއި ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެއްވެސް ވަރަކަށް ކަމުދާނެ ނިޒާމެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއަދު ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ކަމަށްވީ ނަމަވެސް، ބައެއް ކަންކަން ހިނގަމުންދާ ގޮތުން ބަރުލަމާނީ ނިޒާމަކާއިވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވައްތަރުވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރިޔާސީ ނިޒާމުގައި ސަރުކާރުން ކުރާ ކޮންމެ ކަމެއް އެ ދުވަހުން އެ ދުވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވޯޓަށް ނަގާ މީހުން ގެނެސް ސުވާލުކުރުމަކީ އެކަން ކުރެވޭ ގޮތެއް ނޫން ކަަމަށް ކަމަށެވެ. ރައީސް މައުމޫން ވިދާޅުވާ ގޮތުގައި ރިޔާސީ ނިޒާމުގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައި ކަމަށެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކަމުނުދާނެ ސަބަބުތައް ހިއްސާ ކުރައްވާ ރައީސް މައުމޫން ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގެ ސަބަބުން ހަމަނުޖެހުމެއް އުފެދޭ ކޮންމެ ފަހަރަކު ވެރިކަން ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. ހަމައެއާއެކު ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކު އައްޔަންކުރަނީ ރައްޔިތުންގެ ވޯޓުން ނޫން ކަމަށާއި އެހެންނަމަވެސް ރައީސާއި ނާއިބު ރައީސް ހޮވަނީ ރައްޔިތުންގެ ވޯޓުންކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް