ads
މުދާ އުފުލާ ބޯޓެއް
ރިޔާސީ ބަޔާނަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ތައުރީފް
2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ތައުރީފް ކޮށްފި އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައީބް ރައީސް ސައުދުﷲ އަހްމަދު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނަކީ ވަރަށް އުންމީދީ ބަޔާނެއް ކަމަށެވެ. އެހެން ނަމަވެސް އަމަލުން އެކަން ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަދި ސައުދުﷲ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންނަކީ އިގްތިސާދު ކޮޅަށް ޖެހުމަށް ވަރަށް މުހިންމު ބައެއް ކަމަށާއި އެބޭފުޅުންގއ ހުރިހާ ކަންބޮޑުވުންތައް ދަނީ ރައީސްއާ ހިއްސާ ކުރެވެމުން ކަމަށެވެ.

މާލެ-ތިލަފުށީ ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރު ފެށި ގުޅީފަޅުގެ ޕޯޓް އެޅިގެން ދިޔުމުން ރާއްޖޭގެ ވިޔަފާރީގެ ސިނާއަތް ވަރަށް ކުރިއަރައިގެން ދާނެ ކަމަށާއި މިހާރު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުން ވާނެ ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.

ހަމަ މިއާއެކު ރައީސްގެ ފަރާތުންނާއި އިކޮނޮމިކް މިނިސްޓަރީގެ ފަރާތުން ރާއްޖޭގެ ވިޔަފާރަވެރިންނަށް ދެއްވާ އެހީ ފާހަގަ ކުރައްވަމުން ސައުދުﷲ ވިދާޅުވީ އިކޮނޮމިކް މިނިސްޓަރީން ވަނީ ވިޔަފާރިވެރިންގެ އެތައް ކަންބޮޑުވުންތަކަކަށް ހައްލު ގެނެސްދީފައި ކަމަށެވެ.

މިއަދު ރައީސް ދެއްވި 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މާލެ-ތިލަފުށީ ބްރިޖްގެ އަމަލީ މަސައްކަތާއި އިތުރު ފަސް ރަށެއްގައި އެއާޕޯޓް އެޅުމުގެ އިތުރުން ބޯހިޔާވަހި ކަމުގެ އިތުރު މަޝްރޫއުތައް ފެށުމަށް ވެސް ތައްޔާރު ވަމުންދާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް