ads
މިނިސްޓަރު ޒާހިރު އަދި ރައީސް ސޯލިހު --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
2021ގެ ރިޔާސީ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް: މިނިސްޓަރު ޒާހިރު
2021ގެ ރިޔާސީ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިރޭ ކުރި ޓުވީޓެއްގައި މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމާއި ގުޅިގެންނެވެ.

އެގޮތުން މި ރިޔާސީ ބަޔާނާއެކު، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ އުއްމީދު އާވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ޝުކުރު ދެންނެވިއެވެ.

މިއަދު ރައީސް އިއްވި 2021ގެ ރިޔާސީ ބަޔާނުގައި ގިނަ ކަންކަން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން ސައިބާ ކްރައިމްގެ މައްސަލަތައް ބެލުމަށް ހާއްސަ ޑިޕާޓްމަންޓެއް މިއަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް އިތުރުވެގެންދާނެ ކަމަށާއި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭންކުރަމުން އަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިދިޔަ އަހަރުގެ ބައެއް ކާމިޔާބީތައް ފާހަގަ ކުރައްވާ، މިއަހަރަށް ހުރި ގިނަ ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް