ads
އަދުރޭ
އަޅުގަނޑު ކޮވިޑް ވެކްސިނެއް ނުޖަހަން: އަދުރޭ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ކޮވީ ޝީލްޑް ވެކްސިން ޖެހިކަމަށް ބުނާ ވާހަަކަތައް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޮގުކޮށްފި އެެވެ.

އަދުރޭ ވިދާޅުވީ އެމަނިކުފާނު ކޮވިޑް ވެކްސިން ޖެހިކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި އަދި އެމަނިކުފާނު ވެކްސިނެއް ނުޖައްސަވާ ކަމަށެވެ

އަދުރޭ އިތުރަށް ވިދާޅުވީ އެބޭފުޅުންނަކީ ވެކްސިން ޖެހުމާ ދެކޮޅު ބައެއްނޫން ކަމަށާއި އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ މިގަޮަތަށް ވިދާޅުވެފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ފެށުމާއިއެކު އިދުކޮޅުން ވަނީ އެ ވެކްސިންގެ ނރައްކާތެރިކަމާއިމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު އޮތް ވެކްސިނެއް ކަމަށާއި، އެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ ވެކްސިނެއ ނޫންކަމަށް އިދިކޮޅުކޯލިޝަނުން ބުނެފައިވަނިކޮށް، ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ، ޑރ. މުހައްމަދު ޖަމީލް ވަނީ މިފަހުން ވެކްސިން ޖައްސަަވާފައެވެ. 

ޖަމީލު ވެކްސިން ޖެއްސެވި ނަމަވެސް، ރާއްޖޭގައި "ކޮވިޝީލްޑު" ވެކްސިން ދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. 

އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެ ގެނައި އިންޑިޔާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއްޗްއޯ) ގަބޫލުކުރާ ވެކްސިނެއް ނޫންކަަށެވެ.  އެ ވެކްސިން އޮތީ ތަހްލީލު ކުރުމުގެ މަރުޙަލާގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

"ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފައި،" އިދިކޮޅުން ވެކްސިނާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

 އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު އޮތް ވެކްސިނެއް ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ. 

"އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށް ވެސް މި ކޯލިޝަނަށް މައުލޫމާތު ލިބިފައިވޭ،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ވެކްސިން ޖެހުމުން އުފެދޭ ތަފާތު "ރިއެކްޝަންސް" ތަކާއި މެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް އިންޑިއާއިން ފޯރުކޮށްދިން ވެކްސިން ވާން ޖެހޭނެ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.  

އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް