ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސެނޮފާމް ވެކްސިން
ޗައިނާގެ ސެނޮފާމް ވެކްސިން ރާއްޖެއަށް ގެނެސްފި
ޗައިނާގެ ސެނޮފާމް ވެކްސިން ރާއްޖެއަށް ލިބިފައިވާ ކަމަށް އެޗްއީއޯސީއިން ބުނެފިއެވެ.
Advertisement

އެޗްއީއޯސީއިން ބުނެފައި ވަނީ ރާއްޖޭގެ ސަރުކާރަށް ވަނީ ޗައިނާގެ ސެނޮފާމް ވެކްސިންގެ 5،000 ޑޯޒް ހިލޭ އެހީގެ ގޮތުގައި ލިބިފައި ކަމަށެވެ. އަދި ކޮވިކްޝީލްޑާ އެއްގޮތަށް ސެނޮފާމް ވެކްސިން ވެސް ޖަހަން ފަށާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ދިނުމުން ކަމަށެވެ.

ރާއްޖެއަށް ކޮވިޑް ވެކްސިންގެ 5،000 ޑޯޒް ލިބިފައިވަނީ އިއްޔެ ކަމަށް ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް މަބްރޫކް ހާމައެއް ނުކުރައްވައެއެވެ.

ރާއްޖޭގައި މި މަހުގެ އެއްވަނަ ދުވަހު ވަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިކްޝީލްޑް ވެކްސިން ޖަހަން ފަށާފައެވެ. އެ ވެކްސިނަނީ ކޮވިޑް 19 އިން 90 ޕަސަންޓު ރައްކާތެރިކޮށްދޭ ވެކްސިނަކަށް ވާއިރު އިއްޔެ ލިބިގެން ދިޔަ ސެނޮފާމް ވެކްސިނަކީ 79 ޕަސަންޓު ރައްކާތެރި ކޮށްދޭ ވެކްސިނެއް ކަމަށް ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް