ads
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދު ކޮވިޑް ވެކްސިން ޖަހަނީ
ފެނަކާގެ އެމްޑީ ވެކްސިން ޖަހައިފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދު ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ވެކްސިން ޖެއްސެވުމަށް ފަހު އެކަން ޓުވިޓާގައި ހާމަކުރައްވަމުން ސައީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވީހާވެސް ގިނަ ރަތްޔިތުން ވެކްސިން ޖެހުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އެންމެންވެސް ވެކްސިން ޖަހައިގެން ނޫނީ ކޮވިޑް 19ގެ އާލަމީ ވަބާއިން ސަލާމަތް ނުވެވޭނެ ކަމަށެެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަނޑިއިރުތެރޭ ޖުމުލަ 5،166 މީހަކަށް ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ދީފައެވެ. އެއީ މާލޭ ސަރަހައްދުން 4،257 މީހަކަށާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން 909 މީހަކަށެވެ. 

އެއާއިއެކު މިހާތަނަށް ރާއްޖޭގައި ޖުމުލަ 25،327 މީހަކަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ ތެރެއިން 20،960 ވެކްސިން ޑޯޒު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދީފައިވާއިރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ވަނީ 4،367 ވެކްސިން ޑޯޒު އާއްމުންނަށް ފޯރުކޮށްދީފައެވެ.

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. އަދި މިހާރު ވަނީ  ވަނީ ޗައިނާގެ ސެނޮފާމް ވެކްސިން ވެސް ރާއްޖެއަށް ލިބިފައެވެ. 

އެޗްއީއޯސީއިން ބުނެފައި ވަނީ ރާއްޖޭއަށް ޗައިނާގެ ސެނޮފާމް ވެކްސިންގެ 5،000 ޑޯޒް ހިލޭ އެހީގެ ގޮތުގައި ލިބިފައި ކަމަށެވެ. އަދި ކޮވިކްޝީލްޑާ އެއްގޮތަށް ސެނޮފާމް ވެކްސިން ވެސް ޖަހަން ފަށާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ދިނުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް