އެ މީހާ ވަނީ ކާކުކަން ނޭނގޭ އެކައުންޓަކުން ދީޕިކާއަށް ޑައިރެކްޓު މެސެޖު ފޮނުވާ ހުތުރު ބަހުން މުއާމަލާތްކޮށްފަ އެވެ. އޭގެ ސްކްރީންޝޮޓް ދީޕިކާ ހިއްސާކުރީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގަ އެވެ.
އެއާއެކު ދީޕިކާ މަލާމާތުގެ ރާގަކަށް ބުނެފައި ވަނީ އެމީހާ ބުލީއަކަށް ހެދިގެން އުޅޭތީ އޭނާގެ އާއިލާ އާއި ރައްޓެހިން ވަރަށް ފަހުރުވެރިވާނެ ކަމަށެވެ. އަދި މަޑުމަޑުން އަތްޖަހާ ގިފްއެއް ހިއްސާކުރި އެވެ.
ދީޕިކާ ދާދި ފަހުން ވަނީ އޭނާގެ އިންސްޓަގްރާމުގައި ހުރި ހުރިހާ ޕޯސްޓެއް ޑިލީޓުކޮށް މުޅިން އާ އެކައުންޓެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފަ އެވެ.