ads
ފޮޓޯ--ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު
ރަސްގެތީމު މަގު ކޮންނަނިކޮށް އާސާރީ ތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ
ރ. ރަސްގެތީމު މަގު ކޮންނަނިކޮށް އާސާރީތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައި މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ވަނީ އަސާރީ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމުގެ މައުލޫމާތު އެ މަރުކަޒަށް ލިބިފައެވެ.

your imageފޮޓޯ--ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު

އަދި ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ތަކެތި ރައްކާތެރި ކުރުމުގެ މަސައްކަތް އެ މަރުކަޒުން ދަނީ ރ. ރަސްގެތީމު ކައުންސިލާއި ގުޅިގެން ކުރަމުން ކަމަށް ވެސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފަ އެވެ.

your imageފޮޓޯ--ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު

ރާއްޖެއަކީ މުއްސަނދި ތާރީހެއް އޮންނަ ގައުމަކަށް ވާއިރު، ދޭތެރެ ދޭތެރެއިން އާސާރީ ތަކެތި ދަނީ އެކި ރަށްރަށުން ފެންނަމުންނެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް