ads
ރައްޔިތުންގެ މަޖިލިސް--
ފަލަސްތީނަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަންކުރަން ރުހުންދީފި
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަށް ރުހުން ދީފި އެވެ.
Advertisement

އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފަލަސްތީނުގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް ރުހުން ދީފައިވަނީ، ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހަލީލު އެވެ.

މީގެ އިތުރުންވެސް އެކި ބޭފުޅުން، އެކި ގައުމުތަކުގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް މިއަދުގެ ޖަލްސާގައި ރުހުން ދީފައިވެއެވެ.

އެގޮތުން ރާއްޖެއިން ޖަރުމަނު ވިލާތައް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ލަތީފަށް ވަނީ ޔޫކްރެއިންގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް މަޖިލީހުނެ ރުހުން ދީފަ އެވެ. މީގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހުސެއިން ނިޔާޒު ވަނީ އާޒަރބައިޖާންގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް ރުހުން ދީފައެވެ.

މީގެ އިތުރުން ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްޒުލް ރައްޒާގު، އޮސްޓްރޭލިއާ އަދި ސައުތު އެފްރިކާގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. މަޖިލީހުންވަނީ މިހާރު ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޖިނާހު ތިން ގައުމެއްގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް ރުހުން ދީފައެވެ. އެއީ ކެމްބޯޑިއާ، ވިއެޓްނާމް އަދި ލާއޯގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުން ވަނީ، އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އާސިމް އިޓަލީ، ތުރުކީ، އަދި އޮސްޓްރިއާގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް ކަނޑައެޅުމަށް ރުހުން ދީފައެވެ. އަދި ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އައިމިނަތު ޝަބީނާ ވަނީ މިސްރުގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައެވެ. މީގެ އިތުރުން ރާއްޖެއިން ސިންގަޕޫރުގެ ސަފީރަކަށް ކަނޑައަޅުއްވާފައިވާ އިބްރާހީމް ޝަހީމް ވަނީ ނިއުޒިލެންޑްގެ ނަން ރެޒިޑެންޓް ސަފީރުގެ މަގާމަށް މަޖިލީހުން އައްޔަން ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް