ads
ހެއިލީ އަދި ޖަސްޓިން
ލޯބިވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ޖަސްޓިން ބުނީ އަނބިމީހާ އަކީ ނިއުމަތެއް ކަމަށް!
ޖަސްޓިން ބީބާ އަދި އޭނާގެ އަންހެނުން ހެއިލީގެ ވާހަކަ ނީވޭ ތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޖަސްޓިން މިވަނީ އޭނާ އަނބިމީހާ ދެކެ ވާ ލޯބި ހާމަކޮށް ނޫސްތަކުގެ ފަލަސުުރުހީތަކުން ޖާގަ ހޯދައިފައެވެ.

ލޯބިވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ޖަސްޓިން ބުނީ އޭނާގެ އަނބިމީހާ އަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އަދި އޭނާ ހެއިލީ ދެކެ ވާ ލޯބި ދުވަހަކު ވެސް ބަދަލެއް ނުވާނެ ކަމަށެވެ. 

ޖަސްޓިން ތަހުނިޔާ ފޮނުވުމުން އަންހެނުން ހެއިލީވެސް ވަނީ އޭނާއަށް ތަހުނިޔާ ފޮނުވާފައެވެ. ހެއިލީ އިންސްޓަގްރާމް ސްޓޯރީ އަށް ޝެއާ ކުރި ކޭކެއްގެ ފޮޓޯއެއްގެ ކެޕްޝަންގައިވާ މެސެޖެއްގައި ބުނީ އޭނާ ވެސް ޖަސްޓިން ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކީ ވެސް ދެމީހުންގެ ލޯބީގެ ހަޔާތުގެ ފުރަތަމަ ދުވަސް ހެން އިހުސާސް ކުރެވޭ ކަމަށެވެ. 

ޖަސްޓިން އޭނާގެ އަންހެނުން ހެއިލީ އާ ކައިވެނި ކުރީ 2019 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

ޖަސްޓިން ބީބާ އެކަން އިއުލާން ކުރީ އޭގެ އެތައް މަހެއް ފަހުން މިދިޔަ ނޮވެމްބަރު މަހުގަ އެވެ. ޖަސްޓިން ވަނީ ދެވަނަ ކައިވެނީގެ ފޮޓޯތައް ވެސް އާއްމުކޮށްފަ އެވެ.

ހެއިލީ އާއި ޖަސްޓިން އެންމެ ފުރަތަމަ ދިމާވީ ފުރާވަރު އުމުރުގަ އެވެ. އެ ދެމީހުންގެ ގުޅުން ސިއްރުކޮށް ބޭއްވުމަށް ފަހު ދެން އިވުނީ ކައިވެނި ކުރި ހަބަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް