ads
އިޔާޒް އަދި ޖަމީލް
ގައިބު އެނގޭ ފަދަ މޭރުމުން ޑރ. ޖަމީލް ވާހަކަ ދެއްކެވުމުން ޑރ. އިޔާޒު ރަތަށް!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ދައުރު ނިމޭއިރު ދިވެހި ރައްޔިތުން ތިބޭނީ ކަނޑުވެފައި ކަމަށް، ކުރީގެ ނައީބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމުން، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އެކަމަށް ރައްދު ދެއްވައިފިއެވެ.
Advertisement

ޑރ. ޖަމީލްގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ޑރ. އިޔާޒް ވިދާޅުވީ، ގައިބުގައިވާ ކަންތައްތަކަކީ މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. 

ޖަމީލްގެ އެވާހަކަފުޅު ތަކަކީ، ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ދެއްކެވި ވާހަކަފުޅުތަކެވެ.

އެގޮތުން ޖަމީލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ ރާއްޖެ މިހާތަނަށް ނުދެކޭހާ ލަސް އަދި ވިސްނުންކޮށި ބޭފުޅެއްކަން މިވީހާތަނުން ސާބިތުވެފައިވާ ކަމަށާއި، އެމަނިކުފާނުގެ މި ފަސް އަހަރު ނިމޭއިރު ދިވެހި ރައްޔިތުން ތިބޭނީ ކަނޑުވެފައި ކަމަށް ވިދާޅުވެފައެވެ.   

ޑރ. ޖަމީލަށް މިފަދަ ހޫރު ބަހުގެ ހަމަލާއެއް ޑރ. އިޔާޒް ދެއްވާފައިވާއިރު ، ބައެއް ދީނީ އިލްމުވެރިން ގެންދަނީ ޑރ. އިޔާޒަށް ތާއީދުކޮށް ތައުރީފުކުރަމުންނެވެ. 

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް