މިއަދު ބަހްރޭން އަތުން ދިވެހި ޓީމު ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ރާއްޖެ ކޮޅަށް ވަތް ލަނޑު ވަނީ މެޗު ނިމެން 10 ވަރަކަށް މިނިޓަށް ވެފައި ހުއްޓައެވެ.
ފަސް ޓީމު ވާދަކުރާ މި ކޮލިފައިން ގްރޫޕްގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި، ބުދަ ދުވަހު ދެކުނު ކޮރެއާއާ ކުޅުމަށް ފަހު، ހުކުރު ދުވަހު ގްރޫޕްގެ ފަހު މެޗުގައި ޗައިނާއާ ބައްދަލުކުރާނެ އެވެ.