ads
ގިނަ އަދަދެއްގެ ޑޮލަރާއި އެކު ހިފެހެއްޓި އިންޑިއާ މީހާ
ޑޮލަރު ބޭރުކުރަން އުޅުނު އިންޑިޔާ މީހާގެ މައްސަލައިގައި ހިޔާލު ތަފާތުވެއްޖެ
ގިނަ އަދެއްގެ ޑޮލަރު ހިފައިގެން މާލެއިން ފުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދާ މެދު ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތު ވެއްޖެ އެވެ.
Advertisement

މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަބްދުލްރަގޫބް ނިސްތާރު ހަލީލް ކިޔާ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ފުރައިގެން ލަންކާއަށް ދާން ވެލާނާ އެއާޕޯޓްގައި ހުއްޓަ އެވެ.

މީނާގެ ބަންދަށް ކްރިމިނަލްކޯޓުން ފުރަތަމަ ޖަހާ ދީނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް އިތުރުކޮށްދީފަ އެވެ. އޭނާގެ ބަންދާ މެދު ހައިކޯޓުން މިހާރު ގޮތެއް ނިންމާފައިވާއިރު، އޭނާގެ ބަންދާ މެދު ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައިވަނީ ހިޔާލު ތަފާތު ވެފައެވެ. މައްސަލަ ބެލި ބެންޗުގެ މެޖޯރިޓީ ފަނޑިޔާރުންނަށް އޭނާގެ ބަންދުގައި މައްސަލައެއް ނެތް އިރު، އެއް ފަނޑިޔާރަކު ވަނީ އޭނާ ބަންދު ކުރުމުގައި ދައުލަތުން ގޯސްތަކެއް ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި ހިމެނޭ މީހާ މިހާރުވަނީ ދޫކޮށްލާފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

"ތުހުމަތުކޮށްފައިވަނީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުގެ އިތުރުން، މީނާ އަށް ފައިސާ ލިބިފައިވާ ގޮތް އަދި ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާތީ އާއި މީނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ޝައްކުވާ ފަދަ އަމަލުތަކެއް ހުރި ކަމަށް ފެންނާތީ، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމީ" ބަންދުގެ މުއްދަތު އިތުރުކުރަން ނިންމި ނިންމުމުގައިވެ އެވެ.

ފުލުހުން ބުނީ މީނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ އަތުން ފެނުނު ފައިސާގެ އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މިމިހާގެ އަތުން ފެނުނު ޑޮލަރުގެ އަދަދު 100000 ވުރެ މައްޗަށް އަރާކަން ވަނީ އެނގިފަ އެވެ.

މީނާއަކީ ވަރަށް ގިނައިން ރާއްޖެއަށް އަންނަ މީހެއްކަމަށާއި އޭނާ ރާއްޖެ އަންނަ ދުވަހު ނޫން އަނެއް ދުވަހު ރާއްޖެއިން ފުރައިގެންދާކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އަދި މީނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު އޭނާގެ ނަމުގައި އޮތް ދެ ޕާސްޕޯޓް ވެސް އެނާ އަތުން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް